ads
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ--
"މަދު އަހަރުތަކެއްގެ ތެރޭގައި ކަންބޮޑުވާން ޖެހޭ މިންވަރަށް ރާއްޖެ ބަދަލުވެއްޖެ"
މަދު އަހަރުތަކެއްގެ ތެރޭގައި ކަންބޮޑުވާންޖެހޭ މިންވަރަށް ރާއްޖެ ބަދަލުވެފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
މަދު އަހަރުތަކެއްގެ ތެރޭގައި ކަންބޮޑުވާން ޖެހޭ މިންވަރަށް ރާއްޖެ ބަދަލުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ ވަނީ "ވިއަވަތި ރާއްޖެ" ސެމިނާގައި ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރިގެން ގޮސްފައިވާ މިންވަރާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވާފަ އެވެ.

މާރިޔާ ވިދާޅުވީ ދައްކަން ޖެހެނީ ފަސޭހަ ވާހަކަތަކެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ މަންފާއަށްޓަކައި ފަސޭހަކޮށް ކަންކަން ކުރަން ނުވަތަ ކަންފަސޭހަ ކޮށްލައިގެން ނުތިބޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާ ވިދާޅުވީ ގައުމުގެ ޅަދަރިން ހަލާކުވެ އަދި އަންހެނުން ބިކަވާން މި ސަރުކާރުން ދޫކޮށް ނުލާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ، "މެދު މިންވަރީ ހެޔޮ މިންވަރު" ކަމަށް މައިންބަފައިން އަބަދުވެސް ބުނާ ކަމަށެވެ. އަދި މުޖުތަމައުގެ މަސްލަހަތަށް ވިސްނާ ސުލްހައަށް ލޯބި ކުރުމަކީ ދިވެހިންގެ ސިފައެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރާއި އެފަދަ އެކި ފިކުރުތަކުގެ ތެރެއިން ރާއްޖޭގެ ކުދިކުދި މުޖުތަމައުތައް ހަލާކުވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ގަބޫލުކޮށް އެކަމާއި މެދު ކަމެއް ކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

"ހަގީގަތުގައި ކިތަންމެ ޒަމާނެއް މިކަން ހިނގާތާ. ސިޔާސީ ކޮންވީނިއަންސް އަށްޓަކައި ހަމަ ނުވާ ކަމަކަށް ހަދާލައިގެން، މައްޗަށް މިހެން ފަސްއަޅާލައިގެން ތިބެނީ،" މާރިޔާ ވިދާޅުވި އެވެ.

ލަނޑާ ނެގުމުގެ މަސައްކަތް ކުރާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލައަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، އީވާން ނަސީމުގެ މަރުގެ މައްސަލައިގައި މުޅި ރާއްޖެ ތެދުވިއިރު، އެ މާރާމާރީގެ މައްސަލައިގައި އެކަން ހިނގި އިރު ދެން ހުރި މީހާ އޮތީ ނިދާފައި ކަމަށް ބުނުމުން ކަންބޮޑުވާ ކަމަށެވެ. އަދި މާރިޔާ ވިދާޅުވީ މަދު އަހަރުތަކެއްގެ ތެރޭގައި ރާއްޖެ ބަދަލުވެފައި އޮތް މިންވަރަކީ ކަންބޮޑުވާން ޖެހޭ މިންވަރެއް ކަމަށެވެ.

"ވެކްސިން ޖަހަން އެބަ އިންކާރު ކުރޭ. ކުޑަކުދިން އެބަ ބަލިވެ ބައިންދާ. އެކުދިން އެބަ ވިހާ. މިއީ އަޅުގަނޑުމެން ރާއްޖޭގަ ކުރި ކަމެއް ނޫނޭ،" މާރިޔާ ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް