ads
ވައިކަރަދޫ ކެޔޮ ތަކެއް ވިއްސާރައިގަ ވެއްޓިފައި
ފާއިތުވި ދެ ދުވަހު ވައިކަރަދޫއަށް ބޮޑެތި ގެއްލުންތަކެއް!
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ފައިތުވި ދެ ދުވަހު ހދ. ވައިކަރަދޫއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ވައިކަރަދޫ ކައުންސިލުގެ ނައިބް ރައީސް އަބްދުﷲ ވާފިރު މިއަދު ސީއެންއެމްއަށް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ފާއިތުވި ދެ ދުވަހު އެރަށުގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން 1338 ފަތްކެޔޮ ގަސް ވެއްޓިފައިވާ ކަމަށާއި އޭގެ ތެރެއިން 493 ގަހަކީ ފޯދި، ކެޔޮގަނޑު އައިސްފައިވާ ގަސްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކުން ތިން ރުއް ވެއްޓިފައިވާ ކަމަމާއި މިރުސް ދަނޑުތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވެ އެވެ. 

އޭގެ އިތުރުން ވާފިރު ވިދާޅުވީ ހުޅަނގު މޫސުމުގައި އެރަށުގެ ދަނޑުވެރިކަމަށް އެކިވަރުގެ ގެއްލުން އަބަދުވެސް ލިބޭ ކަމަށެވެ.

ވާފިރު ވިދާޅުވީ މި ދެ ދުވަހު ލިބުނު ގެއްލުތައް ކަމާ ބެހޭ ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކުރީ އަހަރުތަކުގައި ވެސް އެގޮތަށް ދަނޑުތަކަށް ގެއްލުންވެ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އެކަމަކު އެކަމުގައި މާ ބޮޑު އެހީތެރިކަމެއް ލިބިފައިނުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ގަދަވަޔާއެކު ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިކަރަދޫގެ އިތުރުން ވެސް ގިނަ ރަށްތަކެއްގެ ދަނޑު ބިންތަކަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް