ކިރަން ކުމާރު
ބޮލީވުޑްގެ މަޝްހޫރު ތަރި ކިރަން ކުމާރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
Share
ބޮލީވުޑްގެ މަޝްހޫރު ތަރި ކިރަން ކުމާރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
Advertisement

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ އެކު ހޯމް އައިސޮލޭޝަން ގައި ހުންނަތާ މިހާރު 10 ދުވަސް ވެއްޖެ އެވެ. 

އޭނާ ބައްޔަށް ޕޮޒިޓިވްވި އިރު ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި މިހާރުވެސް އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށް އޭނާ އާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވެ އެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވި ކަން އެނގުނީ މެޑިކަލް ޗެކަޕަކަށް ހޮސްޕިޓަލަށް ދިއުމުންނެވެ. 

މޭ މަހުގެ 25 ވަނަ ދުވަހު ކިރަން އަލުން ކޮވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. 

ކިރަން ވަނީ ކާމިޔާބު ފިލްމުތައް ކަމަށްވާ މުޖްސޭ ދޯސްތީ ކަރޯގީ އަދި ތެޒާބްތައް ކުޅެފަ އެވެ. ކިރަން ބޮޑަށް މަޝްހޫރުވެފައި ވަނީ ފިލްމުުގެ ނުބައިބައި މީހެއްގެ ރޯލުންނެވެ. 

ކިރަންގެ އިތުރުން، ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރު އަދި އެކްޓަރު ޕުރާބް ކޯލީ އާއި ޒޮއާ މޮރާނީ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް