ads
ރަންވީރް ސިންގް
ރަންވީރް ބޭނުންވަނީ ސައިން ލެންގުއޭޖް ވެސް އިންޑިއާގެ ރަސްމީ ބަސްތަކުގެ ތެރޭގައި ހިމަނަން
ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރް ސިންގް ބޭނުންވަނީ ސައިން ލެންގުއޭޖް ވެސް އިންޑިއާގެ ރަސްމީ ބަސްތަކުގެ ތެރޭގައި ހިމަނަން ކަމަށް އޭނާ ބުނެފި އެވެ.

ރަންވީރް ދަނީ ސައިން ލެންގުއޭޖް އިންޑިއާގެ 23 ވަނަ ރަސްމީ ބަހުގެ ގޮތުގައި ހެދުމަށް ކެމްޕެއިން ކުރަމުންނެވެ. އެގޮތުން ޕެޓިޝަނެއް ހަދައި އޭގައި ސޮއި ކުރުމަށް އޭނާ އަންނަނީ މީހުން ކައިރީ އެދެމުންނެވެ. 

ރަންވީރް ވަނީ ސައިން ލެންގުއޭޖް ވީޑިއޯ އެއް ކަމަށްވާ މަޝްހޫރު ރެޕާ ސްޕިޓްފަޔާ ގެ "ވާޓަލަޕް"، އޭނާގެ ލޭބަލްގެ ދަށުން މީހުން މިކަމަށް ހޭލުންތެރި ކުރުމަށް ރިލީސްކޮށްފަ އެވެ. އަދި ވަރަށް އަވަހަށް އެކްސެސް މަންތްރާ ފައުންޑޭޝަން ގެ އެހީ އާއެކު އިންޑިއާގެ ނެޝަނަލް އެސޯސިއޭޝަން އޮފް ޑެފް އިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ހުށަހަޅާނެ ކަމަށްވެސް ރަންވީރު ބުނެއެވެ. 

އަޑު އިވުމުން މަހުރޫމްވެފައިވާ މީހުންގެ ހައްގުގައި މިކަން ކުރަމުން ރަންވީރު އަންނަ އިރު، އޭނާ ވަނީ އިންޑިއާގެ ހުރިހާ ރައްޔިތުން ވެސް މިކަމުގައި އޭނާ އަށް އެއްބާރުލުން ދިނުމަށް އެދިފަ އެވެ. 

ރަންވީރު މިހާރު މަސައްކަތް ކުރަމުން ދަނީ ކަބީރް ޙާން ގެ '83' ގަ އެވެ. މިފިލްމުން އޭނާ ފެނިގެން ދާނީ އިންޑިއާގެ ކްރިކެޓް ޓީމް ގެ ކެޕްޓަން ކަޕިލް ދޭވްގެ ރޯލުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް