ads
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ------ ފޮޓޯ: ވަން
މި ރޯދަމަހު އެހީތެރިވި ގޮތަށް ފަގީރުންނާއި ނިކަމެތިންނަށް އެހީވުމުގައި ދެމިތިބޭ!
ރަމަޟާން މަސް ނިމުނުކަމުގައި ވިޔަސް ފަގީރުންނާއި ނިމަކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި ތިބުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފި އެވެ.

ފިތުރު އީދު ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ ރަމަޟާން މަހާ ބައްދަލުކުރީ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ. އެގޮތުން ދަތި ހާލަތުގައި އުޅުނު ފަގީރުންނާއި މިސްކީނުންގެ ހާލަތު އިހުސާސްކުރެވިގެން ދިޔަކަމަށާއި ގިނަ ފަރާތްތަކުން ދީލަތި އެހީތައް ވަމުން ދިޔަތަން ފެނިގެން ގޮސްފައިވާކަމަށެވެ.

އެހެންކަމުން ބަރަކާތްތްރި ފިތުރު އީދު ދުވަހުގައި ފާގީރުންނާއި ނިކަމެތިން މަތިން ހަނދާންކޮށް ކުރިއަށް އޮތް ތަނުގައި އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް އެދޭކަމަށް ޓްވީޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އޭގެ އިތުރުން އިމްރާން ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން ފިތުރު އީދު ނަމާދަށް ނުދެވުނު ނަމަވެސް އީދު ދުވަހަކީ އުފާވެރިކަން ގެނުވާ ދުވަހެއްކަމަށެވެ. އަދި މުސްލިމުން އުފާ ފާޅުކުރުމުގެ އެންމެ މުހިންމު އެއް ދުވަސްކަމަށްވާއިރު  އައިލީ ގުޅުން ބަދަހިކޮށް ރައްޓެހިންނާ ގުޅުން ބަދަހި ކުރުން މުހިންމުކަމެއް ކަމަށެވެ.

ފިތުރު އީދު ދުވަހުގެ ތަހުނިޔާ އަދާކޮށް އިމްރާން ފޮނުވި ޓްވީޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ކަނބަނލުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އިތުރުން މުޅި އިސްލާމީ އުންމަތަށް ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް