ads
މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުކުރާ 11 މީހުން
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކަށް ދައުވާ ކުރަނީ
ފުޅާ ދާއިރާގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަމުންދިޔަ ބަޔަކަށް ދައުވާކުރުމަށް ހުށަހަޅައިފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހު، ގ. ބޮއިލިންފިޝް، އަހްމަދު ވިސާމް އާ އިތުރު ބަޔަކު ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކްކުރާކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް، ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުގަ އެވެ. 

ފުލުހުންގެ ހާއްސަ އޮޕަރޭޝަނުގައި އިރުއަލިމަސް، ދޯނި ބަލައި ފާސްކޮށް މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނައަދަދެއްގެ ފައިސާ ވަނީ އަތުލައިގެންފަ އެވެ.

އެ މައްސަލަގައި ޖުމްލަ 11 މީހުން ހައްޔަރުކުރިއިރު ފުލުހުން ބުނީ އޭގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރުކުރި މީހުން ކަމަށާއި ބާކީ ހަތަރު މީހުންނަކީ މާލެ އަދި ހުޅުމާލެއިން ހައްޔަރުކުރި މީހުން ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލައިގައި ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 61 ކިލޯއަށްވުރެ ގިނަ ޑައަމޯފިން ނުވަތަ ހެރޮއިންކަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އެމީހުންގެ އަތުން އަތުލައިގަތް ތަކެތީގެ މަގުމަތީ އަގު 72 މިލިއަނަށް އަރާނެ ކަމަށް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް