ads
ފުވައްމުލައް--
ފުވައްމުލަކުން އެނބުރި ގައުމަށް ދާން ބޭނުން ބަންގްލަދޭޝް މީހުން ހޯދަނީ
ފުވައްމުލަކު ސިޓީގައި ދިރިއުޅެމުންދާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ގައުމަށް އެނބުރި ދާން ބޭނުންވާ މީހުން، ރަޖިސްޓްރީވުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރާއި އެ ގައުމުތަކުން ގުޅިގެން ކުރަމުން ދާއިރު، ފުވައްމުލަކުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގައުމަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމުގެ މަސައްކަތް ފަށާފައިވާ ކަަމަށެވެ. 

އެގޮތުން ފުވައްމުލަކުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ޖޫން ފަސް ވަނަ ދުވަހުގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލްގެ ހޮޓްލައިން ނަންބަރު 1618 އަށް ގުޅައިގެން ނަން ނޯޓް ކުރުމަށް ވަނީ ސިޓީ ކައުންސިލުން އެދިފަ އެވެ. 

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން 1500 ބަންގްލަދޭޝް ރައްޔިތަކު ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިމަހުގެ ހަތަރު ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރަށްވާފަ އެވެ. ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ދަނީ ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދިއުމުގެ މަސައްކަތްތައް ކުރަމުން ނެވެ. އެގޮތުން މިހާތަނަށް ބަންގްލަދޭޝަށް ނިސްބަތްވާ 1000 މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް