ads
މާލޭގައި އީދު ނަމާދު ކުރަނީ: ފައިލް ފޮޓޯ ސަން
އީދު އަންނަނީ ހަމައެކަނި މަޖާކޮށް އުފާ ފާޅުކުުރާކަށް ނޫން: ހުތުބާ
އިސްލާމް ދީނުގައި އީދު ޝަރްއު ކުރައްވާފައި ވަނީ ހަމައެކަނި އުފާ ފާޅުކޮށް މަޖާކުރަން ނޫންކަމަށް މިއަދުގެ ފިތުރު އީދު ހުތުބާގައި ބުނެފި އެވެ.

އީދު ހުތުބާގައި ބުނީ އިސްލާމީ އީދުތައް ފެށެނީ އިޖުތިމާއީ ބޮޑު ބައްދަލުވުމަކުން ﷲ އަށް ޝުކުރު ދެންނެވުމަކުން ކަމަށްވާއިރު އެ ބައްދަލުވުމުން އެކަކު އަނެކަކާ ބައްދަލުވެ ސަލާމްކުރުމާއި އީދު ތަހުނިޔާ ކިޔުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. އެކަމުގެ ސަބަބުން ގާތް ތިމާގެ ގުޅުން ބަދަހިވެ އަހުވަންތެރިކަން އުފެދިގެންދާ ކަމަށެވެ.

އިސްލާމް ދީނުގައި އީދު ޝަރުއުކުރެއްމުވުގެ ތެރޭގައި މަޖާކުރުމާއި އުފާ ފާޅުކުރުން ލެއްވީ އިސްލާމީ މުޖުތަމައުގައި މީހުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށާއި މުސްލިމުންގެ މެދުގައި ދީލަތިވެ އެހީ ފޯރުމުގެ ރީތި އާދަ އަށަގެންނެވުމަށް ކަމަށެވެ.

"މި އަހަރު ރާއްޖޭގެ ބައެއް ރަށްރަށުގައި އީދު ނަމާދު މިސްކިތްތަކާއި، މައިޒާންތަކުގައި ނުކުރެވުނު ނަމަވެސް ގޭގައި ނަމާދުކޮށް މި އުފާވެރި މުނާސަބަތުގައި ހިތް ހެޔޮކަމާއި ދީލަތިކަން ފާޅުކޮށް ގާތްތިމާގެ މީހުންނާ އަވައްޓެރިންގެ ރަހުމަތް ތެރިންނަށް އީދު ސަލާމާއި ތަހުނިޔާ ފޮނުވައި އީދު ސަލާމުގައި އެމީހުން ބައިވެރިކުރަންވާނެ،" އީދު ހުތުބާގައި ބުނެފައިވެ އެވެ.

އެގޮތުން އީދު ދުވަހު އެކަކު އަނެއްކަށް ހަދިޔާ ބަދަލުކުރުމާއި އެހީ ފޯރުވުމަކީ އިސްލާމްދީނުގެ ރީތި ސިފަޔަކަށް ވާއިރު ބޭންނުން ޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި އީދު އުފަލުގައި ބައިވެރިކުރުމަށް ހުތުބާގައި ގޮވާލާފައިވެ އެވެ.

"ތަނަވަސްކަމުގެ އަހުލުވެރިން ފަގީރުންނަށާއި މިސްކީނުންނަށް އެހީ ފޯރުކޮށްދީ، އެމީހުން އީދު އުފަލުގައި ބައިވެރި ކުރަންޖެހެ އެވެ. ފިތުރު އީދު ދުވަހު ،އީދު ނަމާދުކުރިން ފިތުރު ޒަކާތް އަދާކުރުމަށް އަންގަވާފައިވަނީ މިހެންއެވެ. މިކަމުގެ ސަބަބުން އީދު އުފާ ހާސިލްކުރުމަށް މަގު ފަހިވާނެ އެވެ،" ހުތުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ހުތުބާގައި ބުނީ ބަރަކާތެރި ރަމަޟާން މަސް މުސްލިމުންނާއި ވަކިވެ ގޮސްފައިވަނީ ހެކިދޭ އެކުވެރިއެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ﷲ އެންގެވި ގޮތަށް އަމަލުކޮށް ރޯދަ ހިފައި، ރޭ އަޅުކަން ކުރި މީހުންނަކީ ޝަފާއަތްތެރިންން ކަމަށާއި އެކަމަކު އަޅުކަމުން ދުރުވެ ރޯދަ ހިފި މީހުންނަށް ލިބޭނީ ހައިހޫނުކަމާއި ކަރުހިއްކުންކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް