ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
ކޮވިޑް ޓެކްސެއް ތައާރަފް ކުރުމާމެދު އަދި މަޝްވަރާއެއް ނުކުރޭ: މިނިސްޓަރު އަމީރު
ކޮވިޑް ޓެކްސް އެއް ތައާރަފް ކުރުމާމެދު އަދި އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ނެޝަނަލް ޓާސްކްފޯސް އޮން އިކޮނޮމިކް ރިކަވަރީ އިން ތިން ގްރޫޕަކަށް ބެހިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. 

އެ ޓާސްކްފޯސްގައި ގިނަ މަޝްވަރާތަކެއް ކުރެވެމުން ދާކަމަށާއި މިހާރުވެސް ޓާސްކްފޯހުން ކުރެވުނު މަޝްވަރާތަކާއި އެކު ޑްރާފްޓެއް ޓޫރިޒަމް މިނިސްޓްރީ އިން ތައްޔާރުކޮށްފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މިހާތަނަށް ކޮވިޑް ޓެކްސް އެއް ނެގުމުގެ ވާހަކަ ދެކެވިފައި ނެތްކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ހުރިހާ ސިނާއަތެއްގައި މަސައްކަތްކުރާ މީހުންނާއި މަޝްވަރާކޮށް މަސައްކަތްތައް ކުރަމުންދާނެ ގޮތުގެ ރޯޑް މެޕެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މެޕުން ހުރިހާ ތަފްސީލުތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ފިނޭންސް މިނިސްޓަރު އެހެން ވިދާޅުވެފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ކޮވިޑް ޓެކްސް ނެގުމަށް ލަފާދޭން ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް