ads
މާލޭ ޖަލުގެ ހާލަތު ޕްރިޒަންސް ކޮމިޝަނާ ބައްލަވާލައްވަނީ--
ޖަލުތަކުގައި ކޮވިޑް ނެތީ ދުރާލާ އެޅި ފިޔަވަޅުތަކުން: ކޮމިޝަނާ އޮފް ޕްރިޒަންސް
ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު ޖަލުތަކުގައި ބަލި ފެތުރުނަނުދިނުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ޖަލުތަކުގައި އެ ބަލި ނެތީ އޭރު އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

މިއަދު ޕްރިޒަންސް ކޮމިޝަނަރު ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ ރާއްޖެ ލޮކްޑައުންކުރުމާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ ޖަލެއް ވަނީ އެލާޓް ހާލަތަށް ގެނެސް ބަންދުކޮށްފައި ކަމަށެވެ. 

އެގޮތުން ގައިދީންނާއި ބަންދު މީހުންގެ އިތުރުން އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ ޖަލަށް ޒިޔާރާތްކޮށްގެން ދެމުންދާ ގިނަ ހިދުމަތްތައް ވަނީ އޮންލައިންކޮށް ދޭން ފަށާފައި ކަމަށާއި އެ ފިޔަވަޅުތަކުގެ ސަބަބުން މިއަދާއި ހަމައަށް އެއްވެސް ޖަލެއްގައި ބަލީގެ އަލާމާތެއް ނެތް ކަމަށެވެ. 

"މި ހުރިހާ ފިޔަވަޅުތަކެއްގެ ނަތީޖާއެއްގެ ގޮތުން މާތްﷲ ގެ ވާގިފުޅާއެކު މިއަދާ ހަމައަށް އެއްވެސް ޖަލެއްގައި މި ބަލީގެ އެއްވެސް އަލާމާތެއް ނެތްކަމީ އަޅުގަނޑުމެނަށާއި ގައިދީންނަށާއި ބަންދު މީހުންނަށް އަދި އެމީހުންގެ އާއިލާތަކަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއް،" ޕްރޮޒަންސް ކޮމިޝަނަރުގެ ހާއްސަ މެސެޖުގައި ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވަމުގެ ގޮތުންނާއި ޖަލުތަކަށް އެ ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމަށް ކަރެކްޝަންސް އާއި ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގުޅިގެން ވަނީ ޖަލުތަކުގައި ރެންޑަމް ސާމްޕަލް ނަގާފަ އެވެ. 

އެގޮތުން ހުޅުމާލޭ ޖަލައި މާފުށީ ޖަލާއި އައްސޭރި ޖަލުގެ އިތުރުން މާލެ ޖަލުގައި ވެސް ގައިދީންނާއި އޮފިސަރުންގެ ރެންޑަމްކޮށް ސާމްޕަލް ނަގާފައިވެ އެވެ. އެކަމަމު އެ ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވްވެފައި ކަމަށް ކަރެކްޝަންސުން ބުނެ އެވެ.  

ކޮވިޑް-19 އާ ގުޅިގެން މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ވެސް ވަރުގަދަކޮށްފައިވާ މިދަނޑިވަޅުގައި އާއިލީ ބައްދަލުވުންތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ.  

ޖަލުތަކުގައި ތިބި ގައިދީންނަށާއި ބަންދުމީހުންނަށް، އާއިލާގެ ފަރާތުން އަންނައުނު ފޯރުކޮށްދިނުން ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އެކަމަކު އާއިލާއާ އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ވަނީ ފޯން ކޯލް ދެމުންދާ މިންވަރު އިތުރުކޮށްދީފަ އެވެ.  

އެންއީއޯސީ އިން އަންނަނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކުގައި ވެސް ރެންޑަމްކޮށް ސާމްޕަލް ނަގަމުންނެވެ. އެ ސާމްޕަލްތަކުގެ ތެރެއިން ބައެއް ސާމްޕަލްތައް ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެސް ވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް