ads
ބޮޑީބިލްޑިންގ އިވެންޓެއްގެ ތެރެއިން؛ ފޮޓޯ ހާފްކޯޓް މޯލްޑިވްސް
މާފުށީގައި ބާއްވާ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ފަސްކޮށްފި
މި އަހަރު ރާއްޖޭން ހޯސްޓްކުރާ ގޮތަށް އޮތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި އެވެ. މި މުބާރާތް ބާއްވަން ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު މަހު މާފުށީގައެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ ކޮވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި މުބާރާތް އަންނަ އަހަރަށް ފަސްކުރީ ކަމަށެވެ. މުބާރާތް އަންނަ އަހަރަށް ފަސްކުރީ، ކުޅިވަރު މިނިސްޓްރީއާއި ބީބީއެމްގެ އިތުރުން އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ. މި މުބާރާތް ބޭއްވުމަށް މިހާރު ނިންމާފައިވާ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގަ އެވެ.

ބޮޑީބިލްޑިންއަކީ ރާއްޖެއަށް ގިނަ މެޑަލްތަކެއް ގެނެސްދީފައިވާ ކުޅިވަރެކެވެ. އޭނގެ ތެރޭގައި އޭޝިއާގެ މުބާރާތުން ހޯދާފައިވާ ރަން މެޑަލް އާއި ދުނިޔޭގެ މުބާރާތްތަކުން ހޯދާފައިވާ މެޑަލް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް