ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނިއު ނޯމަލްގެ އުސޫލުތައް އާންމުކުރާނެ
މާލެ ސަރަހައްދުގެ ލޮކްޑައުން ނެގުމަށް ފަހު "ނިއު ނޯމަލް" އަކަށް ދާން ޖެހޭއިރު އެ ހާލަތުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އާންމުކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހެލްތު މިނިސްޓަރު ވިދާޅުވީ ނިއު ނޯމަލެއްގައި އަމަލުކުރަން ޖެހޭ ގޮތުގެ އަސާސީ ޑޮކިއުމަންޓްތައް އެކުލަވާލައި މިހާރު ވަނީ ނިމިފައި ކަމަށެވެ. 

އަދި އެ އުސޫލު ތައްޔާރުކޮށްފައި ވަނީ ޑޮކްޓަރުންގެ އިތުރުން ކަމާއި ގުޅޭ އިދާރާތަކުގެ އިރުޝާދުތަކާއެކުކަން ވެސް މިނިސްޓަރު ފާހަގަކުރައްވަ އެވެ. 

މިނިސްޓަރު ވިދާޅުވީ މާދަމާ އެ އުސޫލުތަކާއި މެދު ޕޮލިސީ ލެވެލްއެއްގައި މަޝްވަރާކުރާނެ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ފިޔަވަޅުތައް އާންމު ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ ހޮސްޕިޓަލުތަކަށް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެދާނެކަމަށް ލަފާކުރައްވާފަ އެވެ. ކޮވިޑް-19 އާ ގުޅިގެން އާންމު ހާލަތެކޭ އެއްގޮތަށް މީހުން ހޮސްޕިޓަލުތަކަށް ގޮސް ޑޮކްޓަރަކަށް ނުދައްކަ އެވެ.

މިނިސްޓަރު ވަނީ ނިއު ނޯމަލްގައި ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލްތަކަށާއި ފްލޫ ކްލިނިކްތަކަށް ގޮސް އަމަލުކުރާނެ ގޮތް ބަޔާންކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އާންމުކުރާ އުސޫލުގައި ސިއްހީ ނިޒާމުގެ ތެރެއިން ފަސޭހެއިން ހިދުމަތް ލިބޭނެ ގޮތަށް އިންތިޒާމުތައް ރާވާލާފައިވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެންމެ ފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 ގައި ހަމަވާއިރު ލޮކްޑައުންއަށް ލުޔެއްދޭ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. 

އެކަމަކު ލޮކްޑައުނަށް ލުޔެއްދޭނީ މިމަހުގެ 28 އިން ފެށިގެންކަން ނުވަަތަ ނޫންކަން ސާފެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް