ads
ޖޯން ސީނާ އާއި ނިކީ ބެލާ
ޖޯން ސީނާ އާއި ރުޅިވި ސަބަބު ނިކީ ބެލާ ކިޔައިދީފި
ޖޯން ސީނާ އާއި ރުޅިވީ ކީއްވެގެންކަން ނިކީ ބެލާ ކިޔައިދީފި އެވެ.

ބެޓާ ޓުގެދާ ޕްރޮގްރާމްގައި ބައިވެރިވެ ވާހަކަދައްކަމުން ނިކީ ވަނީ އޭނާ އާއި ލޯބިވެރިޔާ ޖޯން ވަކިވާންޖެހުނު ސަބަބު ބެލުންތެރިންނާ ހިއްސާ ކޮށްފަ އެވެ. 

އެގޮތުނެ ބެލާ ބުނީ އޭނާ އާއި ޖޯން އާއި ދެމެދު މާ ބޮޑު މައްސަލަތަކެއް ނުޖެހޭ ކަމަށާއި އުޅުނީ ވަރަށް ލޯބިންކަމަށެވެ. އެހެންނަމަވެސް ދެ މީހުން ދިރިއުޅުމުގައި ބޭނުންވާ ކަންތައްތައް ވަރަށް ތަފާތުކަމަށް ބެލާ ބުންޏެވެ. 

ދެމީހުންގެ ދެމެދު ގިނަ ތަފާތުތަކެއް ހުރި ނަމަވެސް ގުޅުން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އެހެންނަމަވެސް އޭނާ އާއި އެކު ދަރިއަކު ހޯދާ ދިރިއުޅުމެއް ފަށަން ޖޯން އެއްބަސްވި ނަަމަވެސް އެއީ ދެމީހުންނަށް އެންމެ ރަނގަޅު އަދި ދެމީހުންވެސް ބޭނުންވާ ގޮތް ނޫންކަން އޭނާ އިހުސާސް ކުރެވުނު ކަމަށް ބެލާ ބުންޏެވެ. 

ބެލާ ބުނީ އޭނާ ދަރިން ބޭނުންވި ނަމަވެސް ޖޯން އެކަމަށް ތައްޔާރު ނޫން ނަމަ އެގޮތަށް ކަން ކުރުމުން ފަހުން އެކަމާ ދެރަވެ ހިޔާލު ބަދަލުވާތަން ބަލަން އޭނާ ބޭނުން ނޫންކަމަށެވެ. 

ޖޯން ސީނާ އާާއި ނިކީ ބެލާގެ ޖޯޑަކީ ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު ޖޯޑެކެވެ. މި ދެމީހުން ރުޅިވުމުން ގިނަ ބަޔަކު އެކަމާ ހިތާމަވެސް ކުރި އެވެ. 

މިހާރު ބެލާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރަޝިއާގެ ނެށުންތެރިއެއް ކަމަށްވާ އާޓެމް ޝިގްވިންސިވް އާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް