ads
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ--
ނަތަންޔާހޫގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް ފަށައިފި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް ފަށައިފި އެވެ.

ނަތަންޔާހޫގެ މައްޗަށްކުރާ އޮޅުވާލުމާއި، އަމާނާތަށް ހިޔާނާތްތެރިވުމާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާގެ ޝަރީއަތް ފަށާފައިވާއިރު އޭނާވަނީ ދައުވާތަކަށް އިންކާރު ކޮށްފައެވެ. އަދި ޝަރީއަތަށް ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުންވާކަމަށް އޭނާގެ ވަކީލުން ވަނީ ބުނެފައެވެ. އެހެން ކަމުން މިމައްސަލައިގައި ޝަރީއަތެއް ދެން ބާއްވާނީ ޖުލައި 19 ވަނަ ދުވަހު އެވެ. 

ނަތަންޔާހޫ ތުހުމަތު ކުރާގޮތުގައި މިއީ އޭނާ ވެރިކަމުން ވައްޓާލުމަށް ބަޔަކު ރާވައިގެން ކުރާކަމެކެވެ. 

މިއީ އިޒްރޭލުގައި ބޮޑުވަޒީރަކު މަގާމުގައި ހުންނަވަނިކޮށް ޖިނާއީ ޝަރީއަތެއް ފެށި ފުރަތަމަ ފަހަރެވެ. 

ނަތަންޔާހޫގެ މައްޗަށް އޮޅުވާލުމާއި، އަމާނާތަށް ހިޔާނާތްތެރިވުމާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ ކޮށްފައިވާއިރު ނަތަންޔާހޫގެ މައްޗަށް ވަނީ އޭނާގެ މުއްސަނދި ރައްޓެހިން ދީފައިވާ އަގުބޮޑެތި ހަދިޔާތައް ގަބޫލުކޮށްފައިވާކަަމުގެ ތުހުމަތު ވެސް ކޮށްފައެވެ. އަދި ނަތަންޔާހޫ އާއި އެއްކޮޅަށް ރިޕޯޓްކުރާ ބައެއް މީޑިއާތަކަށް އެކި ކަންކަމުގައި ލުއިދީފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. 

އިޒްރާއީލްގެ ގާނޫނު އަސާސީ އޮންނަގޮތުން ބޮޑުވަޒީރެއްގެ މައްޗަށް ދައުވާ ކުރުމަކީ އެމީހަކު ވެރިކަމުން އިސްތިއުފާދޭންޖެހޭ ސަބަބެއް ނޫންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް