ads
ކުނޫޒު ކައިރީ އެޕާޓީގެ މެމްބަރުން ހަރަކާތްތެރި ވަނީ - ފޮޓޯ/ ޖޭޕީ މިޑިއާ
ވަޅި ހިފައިގެން ތިބި ބަޔަކު ކުނޫޒަށް ވަންނަން މަސައްކަތް ކޮށްފި
ޖުމްހޫރީ ޕާޓީގެ މައި އިދާރާ ކަމަށްވާ މ. ކުނޫޒަށް ބަޔަކު ވަޅި ހިފައިގެން ވަންނަން މަސައްކަތްކޮށްފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ވަޅި ހިފައިގެން ތިބި ދެތިން މީހުން ރޭ ދަންވަރު ކުނޫޒަށް ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

އެގޮތުން ކުނޫޒުގެ މައި ގޭޓުގެ ދޮރުގައި ފައިންތަޅާފައިވާ ކަމަށާއި ކުނޫޒު އެތެރޭ ތިބި ބަޔަކު ފެން ލައިޓުން ބެލިއިރު ވަޅި ހިފައިގެން ތިބިތަން ފެނިފައިވާކަމަށެވެ. އަދި އެ މީހުން ކުނޫޒުގައި ހުރި ގޯޅިތެރެއަށް ވަދެ އުނދަގޫކުރި ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން އައިސް އެމީހުން ހައްޔަރުކޮށްފައިވާކަމަށް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުނޫޒަށް ވަޅި ހިފައިގެން ތިބި ބަޔަކު ވަންނަން މަސައްކަތްކުރި ބޭނުން ނޭންގުނު ނަމަވެސް އެކަމަކީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކުރިކަމެއް ކަމަށް ގަބޫލު ނުކުރާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް