ads
އިންޑިއާގައި ކުރަމުންދާ މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: ސީއެންއެން
މުސްލިމުންގެ ހައްގުގައި މުޅި އިންޑިއާގައި މުޒާހަރާ ކުރަނީ
މުސްލިމުންނާ ދެކޮޅަށް ބޭނުން ކުރެވޭނެ ކަމަށް ބެލެވޭ ސިޓިޒެންޝިޕް (ރައްޔިތުކަން ކަނޑައަޅާ) ބިލުގެ މައްސަލާގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
މުސްލިމުންނާ ދެކޮޅަށް ބޭނުން ކުރެވޭނެ ކަމަށް ބެލެވޭ ސިޓިޒެންޝިޕް (ރައްޔިތުކަން ކަނޑައަޅާ) ބިލުގެ މައްސަލާގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

އެގޮތުން މުޅި އިންޑިއާގެ އެކި ހިސާބުތަކުގެ ޔުނިވާސިޓީތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އޭގެ ތެރޭގައި ވެރިރަށް ނިއު ދިއްލީ އާއި ހައިދަރްއާބާދު އަދި ވަރަނާސީ ހިމެނެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އުއްތަރް ޕްރަދޭޝްގެ އަލީގަރް މުސްލިމް ޔުނިވާސިޓީގައި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ.

އުތުރު އައްސާމް ސްޓޭޓުގައި ކުރަމުންދާ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ، މަދުވެގެން ފަސް މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެ އެވެ.

ދިއްލީގައި ޔުނިވާސިޓީ ދަރިވަރުން އެންމެ ފުރަތަމަ މުޒާހަރާއަށް އެއްވެފައި ވަނީ މަޝްހޫރު ޖަމިއާ މިލިއާ އިސްލާމިއާ ޔުނިވާސިޓީ އަށެވެ. އެތަނުގައި 2000 އަށް ވުރެ ގިނަ މީހުން އެއްވި އެވެ.

ދިއްލީގެ މުޒާހަރާ ވެސް ހަމަނުޖެހުމަށް ބަދަލުވެ ބައެއް ދަރިވަރުން ވަނީ ޕަބްލިކް ބަސްތަކުގައި ހުޅު ރޯކޮށްފަ އެވެ. އެ ހަމަނުޖެހުމުގައި މިހާތަނަށް ގިނަ ދަރިވަރުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.

ސިޓިޒެންޝިޕް އެމެންޑްމެންޓް ބިލް (ކެބް) ގާނޫނަކަށް ހަދާފައި ވަނީ މިދިޔަ ހަފްތާގަ އެވެ. އެ ބިލުގައިވާ ގޮތުން 2015 ގެ ކުރިން އިންޑިއާއަށް ހިޖުރަ ކުރި ބައެއް ފަރާތްތަކަށް އެގައުމުގެ ރައްޔިތުކަން ލިބުމުގެ މަގު އަވަސް ވާނެ އެވެ.

އެ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުން ހިޖުރަ ކުރި ދީނީ މައިނޯރިޓީންނެވެ. އެއީ ހިންދޫންނާއި، ސިކް، ބުދިސްޓުން، ޖެއިންސް، ފާރްސީން އަދި ނަސާރާއިން ހިމެނޭ ގޮތަށެވެ.

އެކަމަކު އެ ބިލުގައި މުސްލިމުން ހިމަނާފައެއް ނުވެ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައި ވަނީ އެގޮތަށް ކަނޑައެޅީ އަފްގާނިސްތާން، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި މުސްލިމުންނަކީ ދީނީ މައިނޯރިޓީން ކަމަށް ނުބެލެވޭތީ އެވެ.

އެއާއެކު އެކި ފަރާތްތަކުން ބުނަމުން ދަނީ އެއީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން އިރުއުތުރު އިންޑިއާގައި ހިންދޫންގެ އާބާދީ އިތުރުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް