ads
އަފްޝަން ލަތީފް-- ފޮޓޯ: ވަން އޮންލައިން
އަފްޝަން ވެސް މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް މާލޭ މޭޔަރު ކަމަށް ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް މާލޭ މޭޔަރު ކަމަށް ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެސެންފައިވާ މުހިންމު އިސްލާހުތައް އިއްޔެ ތަސްދީގުވެގެން ދިޔުމާއި ގުޅިގެން ރާއްޖޭގެ ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމުގެ އުންމީދު އާވެގެން ހިނގައްޖެ ކަަން ހާމަކުރައްވާ އަފްޝަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމެއް ގާއިމްކުރެވުމުގެ އުންމީދާއެކު އޭނާ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރުގެ މަގާމަށް ވާދަ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

އަދި އުންމީދަކީ މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތް ފަސޭހަކަމާއި، ހިތްހަމަ ޖެހުމާއި އަދި ރައްކާތެރިކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް ޔަގީންކޮށް ދިނުންކަން ފާހަގަ ކުރައްވާ އަފްޝަން ވިދާޅުވީ ޖަޒީރާ ރާއްޖެ އާއި އެޖެންޑާ 19 ގެ ސިޔާސަތުތަކުގެ ތެރެއިން ދުރުރާސްތާ އަށް އަމާޒުކޮށް ދެމެހެއްޓެނެވި ތަރައްގީ ހާސިލް ކޮށްދެއްވާނެ ކަމަށެވެ.

އަފްޝަން މިއަދު ސީއެންއެމަށް ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެނިފެސްޓޯތަކެއްގެ މަސައްކަތާއި ޖަޒީރާ ރާއްޖެ އެކުލަވާލުމުގައި އިސް ދައުރެއް އަދާ ކުރެވިއްޖެ ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތާއި މަޖިލިހުން ކުރައްވަން އުޅޭ މަސައްކަތްތައް ވަރަށް ރަނގަޅަށް އެނގޭ،" އަފްޝަން ވިދާޅުވި އެވެ.

މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބޭނީ ސަރުކާރާ އެކީގައި މަސައްކަތްކޮށްގެން ފާހަގަކުރައްވާ އަފްޝަން ވިދާޅުވީ އޭނާއަކީ ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް އެ ކަންކަން ފަހިކޮށްދިނުމުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ފަހަތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވާ މީހެއް ކަމަށެވެ.

އެހެންކަމުން މޭޔަރަކަށް މާލެ ސީޓީއަށް ކޮށްދެވިދާނެ ހުރިހާ މަސައްކަތްތަކެއް އޭނާއަށް އެންމެ ރަނގަޅަށް އެނގޭނެ ކަމަށާއި އެފަދަ ބޮޑު ޒިންމާއެއް އަދާ ކުރުމުގެ ފުރިހަމަ ގާބިލްކަމާއި ތަޖްރިބާ އެބަހުރި ކަމަށް އަފްޝަން ވިދާޅުވި އެވެ.


އަންނަ އަހަރު އޮންނަ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޯދުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނިފައިވާ މެމްބަރުންނަށް އެކަނި ކަމަށް އެ ޕާޓީން މިހާރު ވަނީ ހާމަކޮށްފަ އެވެ.

އަފްޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވެސް މާލޭ މޭޔަރު ކަމަށް ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފަ އެވެ.

މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނެރޭނެ ކަމުގައި އެ ކޯލިޝަނުން ރޭ ވަނީ އިއުލާންކުރައްވާފަ އެވެ.

މާލޭގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް