ads
ދީޕިކާ ޕަދުކޯން އަދި ރަންވީރް ސިންހް
ކައިވެނީގެ ކުރިން ދިޕިކާ އަށް ވީ ވައުދެއް އަދި ނުފުއްދާ އެބަ އޮތް: ރަންވީރް
ކައިވެނީގެ ކުރިން ދިޕިކާއަށް ވީ ވައުދުތަކުގެ ތެރެއިން ވައުދެއް އަދިވެސް ނުފުއްދި އެބަ އޮތް ކަމަށް ރަންވީރް ސިންގް ބުނެފި އެވެ.

އިންޑިއާގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަން، ސުނިލް ދެތްރީ އާއި ރަންވީރް އާއި ދެމީހުން ކުރިއަށް ގެންދިޔް އިންސްޓަގްރާމް ލައިވް އެއް ގައި ރަންވީރު ވަނީ އޭނާ އަކީ ވަރަށް މީރު ކޮށް ބަޓާ ޗިކަން ހަދާ މީހެއް ކަމަށް ބުނެ ދިޕިކާ ކައިރި ފޮނި ވާހަކަ ދައްކާފާނެ ވާކަމަށެވެ. އެގޮތުން އޭނާ އެމެރިކާގައި ކިޔަވަން ހުރި އިރު އެތާ އެ ސަރަހައްދުގައި އުޅޭ ޕާކިސްތާނު، އިންޑިއާ އަދި ބަންގްލަދޭޝްގެ މީހުން އޭނާގެ ބަޓާ ޗިކަން ކާން ކިއުހަދާ ވާހަކަ ދިޕިކާއަށް ކިޔާދީފައި ވާނެ ކަމަށް ރަންވީރް ބުންޏެވެ. 

ރަންވީރް ބުނީ އެނާ އެގޮތަށް އެވާހަކަ ދެއްކީ ދިޕިކާ އާއި އޭނާގެ އާއިލާ ރަންވީރް އާއި މެދު ހިތް ޖައްސަން ކަމަށެވެ. 

އެހެންނަމަވެސް އޭނާ އަސްލު ބަޓާ ޗިކަން ހަދަން ނޭގޭ ކަމަށާއި އޭރުވެސް ހަދައި އުޅުނީ ރެޑީމޭޑް މިކްސް ގައި ކަމަށް ރަންވީރް ބުންޏެވެ. ރަންވީރް ބުނީ އޭނާ އަށް ކައްކަން އެނގެނީ ހަމަ އެކަނި ބިސް ކަމަށެވެ. 

ރަންވީރު ބުނީ އޭނާ އަށް މި ވައުދު ނުފުއްދި އޮތް ސަބަބަކީ މިއީ ކަމަށެެވެ. އަދި ދިޕިކާ އަކީ ވަރަށް ކެއްކުމާ ގަޔާވާ މީހަކަށް ވުމުން ބަދިގޭގެ ކަންތައް ދިޕިކާއަށް ދޫކޮށްލާފައި ވާނެ ކަމަށް ރަންވީރް ބުންޏެވެ. އެެހެންނަމަވެސް އޭނާ އަބަދުވެސް އަތްގާތް ކޮށްދީ ހަދަން ކަމަށް ރަންވީރް ބުންޏެވެ.

ހަ އަހަރު ދުވަސް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު މި ދެތަރިން ކައިވެނި ކޮށްފައި ވަނީ 2018 ވަނަ އަހަރު އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް