ads
ޑރ. މައިކް ރާޔަން--
ފަރުވާ ކުޑަކޮށްފި ނަމަ ކޮވިޑް-19ގެ ދެ ވަނަ ރޯޅިއެއް އައުން އެކަށީގެންވޭ: ޑަބްލިއުއެޗްއޯ
ފަރުވާ ކުޑަކޮށްފި ނަމަ ކޮވިޑް-19 ގެ ދެ ވަނަ ރޯޅިއެއް ކުރިމަތިވުމުގެ ބިރު ވަރަށް ބޮޑު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ނޮވެލް ކޮރޯނާ ވައިރަހާއި ގުޅިގެން ޑަބްލިއުއެޗްއޯ ގެ ފަރާތުން ޖެނީވާ ގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރޭގަ ވާހަގަ ދައްކަވަމުން އެ ޖަމިއްޔާގެ އިމަރޖެންސީ ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރު ޑޮކްޓަރު މައިކް ރަޔަން ވަނީ ކޮވިޑް-19 ގެ ދެ ވަނަ ރޯޅިއެއް ދުނިޔެއަށް ކުރިމަތި ވާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ގައުމުތަކުން ވަނީ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ލޮކްޑައުން ގާއިމް ކޮށް ފިޔަވަޅުތަކެއް އަޅާފަ އެވެ. ގައުމު ތަކުން އަޅާފައިވާ ފިޔަވަޅުތަކާއި ލޮކްޑައުންގެ އަމުރަށް މާ އަވަހަށް ލުއިތައް ދޭން ފަށްޓާއިފި ނަމަ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުކުރެވެނީސް، ވައިރަސް އަނެއްކާ ފެތުރި ޕީކަކަށް ހިނގައިދާނެ ކަމަށް ޑރ. މައިކް ރާޔަނަ ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން، ކޮވިޑް-19ގެ ފުރަތަމަ ރޯޅި ރަނގަޅައް ނިމިގެން ނުދަނީސް ދެވަނަ ރޯޅިއެއް ފެނުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށާއި، ގައުމު ތަކުން ހަރުދަނާ ފިޔަވަޅު ތަކެއް ނާޅައިފި ނަމަ، ދެ ވަނަ ރޯޅީގައި މަރުވާ މީހުންނާއި ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރު ވެގެން ހިނގައިދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ޔޫރަޕުގެ ގައުމުތަކަށާއި، އެމެރިކާގައި، ސާވެއިލަންސް އިތުރަށް ވަރުގަދަ ކޮށް، ޓެސްޓު ކުރެވޭ މިންވަރާއި، ކޮންޓެކްޓް ޓްރޭސިންގެ މިންވަރު އިތުރު ކުރުމަށް ޑރ. ރާޔަން ވަނީ ގޮވާލާފަ އެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށާއި ދެވަނަ ރޯޅިއެއް އައުމަށް ދުރުކޮށްދިނުމަށް އެ ކަންތައްތައް އެކަށީގެންވާ ގޮތަކަށް ފަރުވާކުޑަ ނުކޮށް ކުރުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

ޑަބްލިއުއެޗްއޯ އާއި ދުނިޔޭގެ ގިނަ މާހިރުން ދެކޭ ގޮތުގައި، ލޮކްޑައުންގެ އަމުރުތަކަށް މާ އަވަހަށް ލުއި ދެވިއްޖެ ނަމަ ނޭދެވޭ އަސަރު ތަކެއް އެ ގައުމު ތަކަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ކިރިޔާ ވެސް ފަރުވާ ކުޑަ ކޮށްލެވިއްޖެ ނަމަ ދެ ވަނަ ޕީކެއް ފެނިގެން ދާނެ ކަމަށް ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް