ads
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--
އެމްޑީޕީގެ ތެރޭގައި ބައިބައިވުން އެބަ އުފެދޭ: އާދަމް ޝަރީފް
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ތިނެއް ޖޫންގައި މިކަމަށް ފަރުވާ ނުހޯދިއްޖެ ނަމަ ޤާނޫނީ ހުސްކަމަކަށް ދާނެކަމަށެވެ. މަޖިލީހުގައި އެމްޑީޕީގެ ސުޕާ މެޖޯރިޓީއެއް އޮތްއިރު، ބައިބައި ވުން އޮތްކަމުގައި ވީނަމަވެސް، މަޖިލީހުން މިކަންކަން ނިންމާއިރު ބަލަންޖެހޭ މުހިންމު ކަންކަން އެބަހުރި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ޤަނޫނުއަސާސީއަކީ އެންމެ ވަރުގަދަ ދުސްތޫރީ ލިޔުން ކަން ފާހަގަކޮށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ވެރިކަން ހިންގަންޖެހެނީ ތިން ބާރު ވަކިވެގެން ކަމަށާއި އެއްބާރަކުން އަނެއްބާރަކަށް ވެރިވެވޭ ގޮތަކަށް ކަންކަން ކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށެވެ. އަދި މުޅި ދައުލަތުގެ ބައިވެރިވުން މިކަމުގައި އޮންނާނެ ގޮތަކަށް ވޯޓަށް ދިއުން މުހިންމުކަމަށް ވިދާޅުވި އެވެ. 

އާދަމް ޝަރީފް ވިދާޅުވީ މިކަމުގައި ދުސްތޫރީ މައްސަލައެއް ވަންނާތީ މިކަމަށް ހައްލު ހޯދަންވާނީ ޝަރުއީީ ދާއިރާގެ ތެރެއިން ކަމަށާއި، އެހެން ނަމަވެސް ތިން ބާރުގެ ބައިވެރިވުން އެކަމުގައި އޮންނަންވާނެ ކަމަށެވެ.

މީގެ އިތުރުންވެސް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިކަންކަމުގައި އެމްޑީޕީގެ ތެރޭގައި ވެސް ބައިބައިވުން އުފެދިފައިވާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އެންމެ މުހިންމު މަސައްކަތަކީ ރައީސް ޔާމީން މިނިވަންކުރަން ކުރަންޖެހޭ ކަންކަން ކުރުން ކަމަށްވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް