ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޤާނޫނުއަސާސީ އިސްލާހު ކުރުން މުޅި މަޖިލީހުގެ ކޮމިޓީއަށް
ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަން ބޭނުންފުޅުވަނީ މުޅި މަޖިލީހުގެ ކޮމިޓީން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ކައުންސިލްތަކުގެ ދައުރު ދަންމާލުމާއި ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހެވެ. ޖަލްސާ ނިންމަވާ ލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އަދިވެސް މައްސަލައިގައި ބަހުސް ކުރަން ބޭނުންވާ މެމްބަރުން ތިއްބެވި ކަމަށެވެ. 

މާދަމާގެ މަޖިލީހުގައި ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލައަށް ބަހުސްކޮށް އެއްކޮށް ނިންމާލެވޭނެކަމަށް ދެކޭކަމަށް ވިދާޅުވެ ރައިސް ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވަނީ މުޅި މަޖިލީހުގެ ކޮމިޓީން ކަމަށެވެ. އަދި ބްރާސްތަފި ދުވަހު މި މަސައްކަތް ނިންމަވާލެއްވޭނެ ކަމަށް ދެކޭކަމަށް ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ މިފަދަ ބަލިމަޑުކަމުގެ ހާލަތެއްގައި ވެސް މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން އެކަން ބަލައިގަންނަ ކަމަށެވެ. 

"މި ރާއްޖެ އަލުން އަނބުރާ ހުޅުވިގެން މި ރޯގާއާ އެކު އުޅެން ޖެހޭނެ ކަން އެބަ އެނގޭ. ރައްޔިތުންނަށް އެ މިސާލު ދައްކަން މި މަޖިލީހުގެ މެންބަރުންނަށް ވުރެ ވަކި މުހިއްމު ބައެއް ނެތް."

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މެމްބަރުންނަކީ ރައްޔިތުންގެ ވަކީލުން ކަމަށާއި، ރައްޔިތުންގެ ފަރާތުން ދައްކަންޖެހޭ ވާހަކަ މެމްބަރުން މަޖިލީހުގައި ދައްކަވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް