ads
ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ): ---
ސަރުކާރުގެ ހާލު ދެރަވެ އޮތީ ސެކަންޑް ހޭންޑް ވެންޓިލޭޓަރުގައި: އަދުރޭ
މި ވަގުތު ސަރުކާރު އޮތީ ސެކަންޑް ހޭންޑް ވެންޓިލޭޓަރެއްގެ އެހީގައިކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ހުރިހާ ގުނަވަނެއް މިހާރު ވަނީ ޕެރެލައިޒްވެފައި ކަމަށާއި ގުނަވަންތަކަށް ކުރަންޖެހޭ ހަރަދަށްވުރެން ވެންޓީލޭޓަރު މަރާމާތު ކުރުމަށް ކުރަން ޖެހިފައިވާ ހަރަދު ބޮޑުވެފައިވާ ކަމަށެވެ.

މި ސަރުކާރުގެ ހާލަތު ސެކަންޑް ހޭންޑް ވެންޓިލޭޓަރުގައި އޮތްކަމަށް އަދުރޭ ވިދާޅުވެފައިވާއިރު ކޮވިޑް-19 ގެ ކަންކަމުގައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށް ބުނެ އަދުރޭ އަންނަނީ  ވަރަށް ބޮޑަށް ސަރުކާރުގެ ސިޔާސަތު ތަކަށް ފާޑުކިޔަމުންނެވެ. އެގޮތުން މި ހާލަތުގައި ލިބޭ އެހީތަކުން ރައްޔިތުންނަށް އެހީތެރި ނުވާ ކަމަށާއި އެފައިސާ ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުން ބޭނުން ކުރަމުންދާ ކަމަށް ވެސް ވިދާޅުވެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ، ސޯޝަލް މީޑިއާގައި ވަނީ އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ވަރަށް ބޮޑަށް ވަރުގަދަވެފައި ވަނިކޮށެވެ.

އެގޮތުން އެމްޑީޕީގެ މެމްބަރުން އަންނަނީ އެކަކު އަނަކަކަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ އެކަމަކީ އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަން އުފެދިފައިވާކަން ދޭހަވާ ކަމެއް ކަމަށް ބުނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް