ads
ކުޅުދުއްފުށި -- ފޮޓޯ: ސޯޝަލް މީޑިއާ
ތުއްތު ކުއްޖެއްގެ ކުއްލި މަރާއެކު ކުޅުދުއްފުށީގައި ކަންބޮޑުވުން!
ވީނުވީއެއް ނޭގި ތުއްތު ކުއްޖަކު މަރުވުމުން އެރަށުގައި ކަންބޮޑުވުން އިތުރުވެއްޖެއެވެ.

މަރުވެފައިވަނީ 3 އަހަރުގެ އަންހެން ކުއްޖެކެވެ.

ކުޅުދުއްފުއްޓަކީ ކޮވިޑް 19 ގެ ބިރުވެރިކަން އޮތުމުގެ ސަބަބުން ލޮކްޑައުން ވެސް ކުރި ރަށެކެވެ. ނަމަވެސް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކޮންމެވެސް މިންވަރަކަށް ވަނީ ލުއި ދީފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ތުއްތު ކުއްޖާ މިއަދު ގެންދިޔައީ ހަރަކާތްތައް ހުއްޓުމުންކަމަށް އެރަށު މީހުން ބުނެއެވެ. 

އެހެން ނަމަވެސް ހޮސްޕިޓަލުން ބުނެފައިވަނީ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފަައިވާކަމަށެވެ. 

"ކަންބޮޑުވަނީ ކޮވިޑުން ކުޑަކުދިންނަށް އަދަޔާ ހިލާފު ބައްޔެެއް ޖެހޭކަމަށް ބުނާތީ. އެ ކުއްޖާ ކޮވިޑައް ޓެެސްޓުކުރަން މިރަށު މީހުން ބޭނުންވޭ،" ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ ކުއްޖާ މަރުވި ސަބަބު ހޯދުމަށް އެ ހޮސްޕިޓަލުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެ ކުއްޖާ ކޮވިޑަށް ޓެސްޓު ކުރާނެކަމެެއް ނުވަތަ ނޫންކަމެެއް އަދި އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް