ads
ރައީސުލްޖުމްހޫރިއްޔާ އެމްޑީޕީ ޕީޖީ ގްރޫޕް މެމްބަރުންނާ ބައްދަލުކުރައްވަނީ--ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ހުށަހެޅުމާއި އެއްގޮތަށް ޤާނޫނުއަސާސީ އިސްލާހު ކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
ލޯކަލް ކައުންސިލް އިމްތިހާބު ފަސްކުރުމުން މިހާރު ތިބި ކައުންސިިލްތަކުގެ ދައުރު ދަންމާލުމަށް ސަރުކާރިގެ ފަރާތުން ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާސް ކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ގްރޫޕުން ތްރީލައިން-ވިޕް ނެރެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީގައި އޮތް އިރު ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާއި މެދު ގޮތެއް ނިންމުމަށް މިރޭ ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވާފައެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް "ސީއެންއެމް"އަށް މައުލޫމާތު ދިން އެމްޑިީޕީއަށް ނިސްބަތްވާ މެމްބަރަކު ވިދާޅުވީ މި މައްސަލައިގައި އެމްޑީޕީގެ މެމްބަރުންގެ މެދެގައި މިރޭވެސް ވަރަށް ބޮޑަށް ހިޔާލުތަފާތު ވިކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ތްރީލައިން-ވިޕް ނެރެފައިވަނީ 42 މެމްބަރުންގެ ވޯޓުންނެވެ. އަދި ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ތްރީލައިން-ވިޕް ނެރުމަށް ނުފެންނަކަމަށް ނުވަ މެމްބަރަކު ވަނީ ވޯޓު ދީފައެވެ. 

އޭގެތެރޭގައި ހިމެނެނީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް، މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ،  ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދެވެ. 

ހިޔާލު ތަފާތުވުން ބޮޑުވި މި މައްސަލައިގައި އަންގާރަ ދުވަހު ވަނީ ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަހުސް މަޖިލީހުގައި ފަށާފައެވެ. އަދި ބްރާސްފަތި ދުވަހުގެ ނިޔަލަށް މި މަސައްކަތް ނިންމަވަން ބޭނުންފުޅުވާކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް