ads
ތައިމުރްގެ ކުރީގެ މި ފޮޓޯ ދެކުނިންތަ؟
ކަރީނާ ވަނީ އިންސްޓަގްރާމް ޕޯސްޓަކުން ތައިމުރް ގެ ތުއްތުއިރުގެ ފޮޓޮއެއް ފޭނުންނާއި ހިއްސާ ކޮށްފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރް ހާން އާއި ސައިފް އަލީ ހާން ގެ ދަރިފުޅު ތައިމުރް އަކީ ފޭނުންގެ ތެރޭގައި މަޝްހޫރު ބޮލީވުޑް ކުއްޖެ ކެވެ. އަދި ޕަޕަރާޒީންގެ ތެރޭގައި ވެސް ތައިމުރް އަކީ މަގްބޫލް ކުއްޖެ ކެވެ. 

އޭނާގެ ލޯބި މޫނުކޮޅާއި، އުޅޭގޮތުން ގިނަ ބައެއްގެ ލޯބި ހޯދަމުންދާ ތައިމުރްގެ ތުއްތު އިރުގެ ފޮޓޮ އެއް ވަނީ ކަރީނާ އިންސްޓަގްރާމް ގައި ޕޯސްޓް ކޮށްފަ އެވެ. އެ ފޮޓޯ ގައި ފެންނަނީ ތުއްތު ތައިމުރް އުރައިލައިގެން ކަރީނާ އޭނާގެ ދަރިފުޅު ގައިގައި ލޯބިން ބައްދައިލާގެން ހުންނަ މަންޒަރެވެ.

 

ދާދި ފަހުން އިންސްޓަގްރާމް ބޭނުން ކުރަން ފެށި ކަރީނާ ދަނީ ލޮކްޑައުންގެ ދުވަސްވަރުގައި އޭނާގެ ގޭގައި ހިނގާ ކަންތައްތައް ފޭނުންނާއި ހިއްސާ ކުރަމުން ނެވެ. އެގޮތުން ތައިމުރް ގެ ލޯބި ވީޑިއޯ ތަކާއި، ސައިފް، ކަރީނާ އަދި ތައިމުރް އެއްކޮށް އުޅޭ ފޮޓޯ ތަކާއި ވީޑިއޯ ތައް ކަރީނާ ދަނީ ޕޯސްޓް ކުރަމުން ނެވެ.

ކަރީނާ އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި ފޮޓޯ އަކުން ކަރަންޓީނުގައި ތިބެ ތިބެ ފޫހިވެގެން ސައިފް އާއި ތައިމުރު ފާރުގައި ފެން ކުލަ ޖައްސާ މަންޒަރު ތަކެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް