ads
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒްް ފަހުމީ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ވިޕާ އެއްގޮތަށް ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ވޯޓު ނުދޭނެކަން އިންތި ހާމަކޮށްފި
މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ޤާނޫނުއަސާސިއަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށް ވޯޓު ނުދޭނެކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒްް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލައިގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ އިންތިހާބެއް ނުބޭއްވޭ ކޮންމެ ފަހަރަކު ގާނޫނުއަސާސީ އިސްލާހު ކުރުން ނޫންގޮތެއް ނެތްކަމަށް މާނަ ކުރާކުރުމަކީ ދެރަކަމެއްކަމަށެވެ. 

އިމްތިޔާޒް ވިދާޅުވީ މިހާލަތުގައި މިކަމުގައި ރައްޔިތުން ނުރުހިގެން އިހުތިޖާޖު ކުރާނެ ހާލަތެއްވެސް މިއަދު ނެތްކަމަށެވެ. ޤާނޫނުއަސާސީ އިސްލާހު ކުރަންޖެހޭނީ ރައްޔިތުންނަށް އެކަމުގައި އަޑު އުފުލޭނެ ފުރުސަތު ދިނުމަށްފަހު ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. 

"ކޮންކަހަލަ ވިޕްތަކެއްތޯ މި ނެރެނީ؟... މިއީ އަމިއްލަ ނަފްސަށް މަކަރުހެދުން."

މީގެ އިތުރުން ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ހޯދަން މިއުޅެނީ ކައުންސިލަރުން ނެތް ހާލަތެއްގައި ރައްޔިތުންނަށް ހިދުމަތްތައް ދޭނެގޮތެއް ކަމަށާއި އެކަން ކުރަން އޮތް ހަމައެކަނި ގޮތަކީ ޤާނޫނުއަސާސީ އިސްލާހުކުރުން ކަމަށް ދެކޭދެކުމަކީ ދެރަކަމެއް ކަމަށެވެ. 

މީގެ އިތުރުން އި،ްތިޔާޒް ވިދާޅުވީ މިކަމުގައި ޕާޓީން އަދި ސަރުކާރުން އަންގާގޮތަކަށް އަމަލުނުކުރާނެ ކަމަށާއި، ވޯޓުލާނީ ނަފްސަށް ގަބޫލުކުރެވޭ ގޮތަކަށް ކަމަށެވެ. އަދި ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ވޯޓު ނުދޭނެކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލް އިމްތިހާބު ފަސްކުރުމުން މިހާރު ތިބި ކައުންސިިލްތަކުގެ ދައުރު ދަންމާލުމަށް ސަރުކާރިގެ ފަރާތުން ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާސް ކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ރޭ ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރި އިރު އެކަމާއި ދެކޮޅަށް ނުވަ މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. އޭގެ ތެރޭގައި އިމްތިޔާޒް ވެސް ހިމެނިވަޑައިގަންނަވައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް