ads
ކައުބާ، މައްކާ
މައްކާ ފިޔަވާ އެހެން ސަރަހައްދު ތަކުގައި މިސްކިތްތައް ހުޅުވާލަނީ
ސައުދީ އަރަބިއްޔާ ގައި މައްކާ ފިޔަވާ އެހެން ސަރަހައްދުތަކުގައި މިސްކިތްތައް ހުޅުވާ، އަމަލު ކުރާނެ ގޮތުގެ އުސޫލެއް ވަނީ ގާއިމް ކޮށްފިއެވެ.

ސައުދީ ސަރުކާރުން ބުނީ އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ހަމަޖެހިފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މައްކާ ފިޔަވާ އެހެން ހިސާބު ތަކުގައި ކާފިއު އަށް ލުއި ތަކެއްދީ މިސްކިއްތައް ހުޅުވާލާ، ނަމާދު ކުރުމާއި، ހުކުރު ނަމާދު ކުރުމުގެ ހުއްދަ އެ ގައުމުގެ އިސްލާމިކް މިނިސްޓްރީ އިން ދީފައިވާކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި 24 ގަޑިއިރުގެ ކާފިއު ގެ މުއްދަތު މައްކާ ފިޔަވާ އެހެން ހިސާބު ތަކުގައި 15 ގަޑިއިރުގެ ކާފިއު އަކަށް ބަދަލު ކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކާފިއުގެ މުއްދަތު ހަވީރު 03:00 ކުން ހެނދުނު 06:00 އަށް ބަދަލު ކޮށްފައިވާއިރު ހެނދުނު 06:00 ކުން ހަވީރު 03:00 ކާއި ހަމައަށް އާންމު ދަތުރުތަކާއި، ވަޒީފާ އަށް ދިއުމުގެ އިތުރުން، މިސްކިތްތައް ހުޅުވާލާ ނަމާދު ކުރުމުގެ ހުއްދަ ވަނީ އެ ގައުމުން ދީފަ އެވެ.

މިކަމާއި ގުޅިގެން، އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ މިސްކިތްތަކެއްގެ މަސައްކަތް ކުރާ މުވައްޒަފުން އަމަލުކުރާނެ ގޮތުގެ ސާކިއުލާއެއް ފޮނުވާފައެވެ. ސާކިއުލާގައި ވާގޮތުން، މިސްކިތްތައް ހުޅުވުމަށް ހުއްދަ ދީފައިވަނީ ބަންގި ގޮވުމުގެ ދިހަ މިނެޓު ކުރިންނެވެ. އަދި ނަމާދު ނިމުމަށްފަހު ދިހަ މިނިޓެ ފަހުން މިސްކިތްތައް އަލުން ބަަންދުކުރަންޖެހޭއިރު، މިސްކިތަށް ވަނުމަށްފަހު ނަމާދު ނިމެންދެން ހުރިހާ ދޮރުތައް ހުންނަން ޖެހޭނީ ހުޅުވާފައިކަމަށް އަންގާފައިވެއެވެ. 

ހުކުރު ނަމާދު ކުރުމަށް، ހުކުރު ނަމާދު ގަޑީގެ 20 މިނެޓު ކުރިން މިސްކިއްތައް ހުޅުވާލުމުގެ ހުއްދަ ދީފައިވާއިރު، ހުކުރު ގަޑި ނިމުމުން 20 މިނެޓް ކޮށްފައި މިސްކިއްތައް އަލުން ބަންދު ކުރަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އަދި މި ވަގުތައް ހުރިހާ ހަތިމްތަކާއި ފޮތްތައް މިސްކިތުގައި ނުބެހެއްޓުމާއި ޖަމާއަތުގައި ނަމާދަށް ސަފު ހަދާއިރު ކޮންމެ މީހެއްގެ ދެ މީޓަރުގެ ދުރުމިނެއް ބެހެއްޓުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން، މިސްކިތްތައް ހުޅުވަން ނިންމާފައިވާއިރު ފެން ބެހުމާއި މިސްކިތުގައި ވުޟޫކުރާތަަންތަން ބަންދުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. 

ނަމާދަށް އަންނައިރު މާސްކް އަޅައިގެން އައުމަށާއި، ގެއިން އަންނައިރު މުސައްލައެއް ގެނުމަށާއި 15 އަހަރުން ދަށުގެ ކުދިން މިސްކިތްތަކަށް ނުގެނައުމަށް ވަނީ އަންގާފައެވެ. އަދި ގެއިން ވުޟޫކޮށްގެން އައުމުގެ އިތުރުން ނަމާދު ކުރުމުގެ ބޭނުމުގައި މިސްކިތްތަކަށް ނަސުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް