ads
ސީޕީ ހަމީދު-- ފޮޓޯ: ރާއްޖެއެމްވީ
އެއްވެސް ބާވަތެއްގެ ބާރެއް ފުލުހުންނަށް ދޭކަމަށްވާނަމަ އާންމުން ޝައްކުގެ ނަޒަރުން ބަލާނެ: ސީޕީ
ފުލުހުންނަށް އެއްވެސް ބާވަތެއްގެ ބާރު ދޭކަމަށްވާނަމަ އާންމުން ޝައްކުގެ ނަޒަރުން ބަލާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސް ކޮވިޑް-19 ކަވަރޭޖުގައި ފޯނުން ވާހަކަ ދައްކަމުން ސީޕީ ހަމީދު ވިދާޅުވީ މުޖުތަމައުގައި އަލަށް ފެންނަ ކުށްވެރިން ކުރާ ކުށްތަކަށް ބަލައި ފުލުހުންނަށް ބާރުލިބުން މުހިންމުކަމަށާއި އެހެންކަމުން އިތުރު "ލެސް ލީތަލް" ހަތިޔާރު ބޭނުންކުރުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށެވެ. އަދި އެފަދަ ބާރު ދިންކަމުގައި ވިޔަސް އަމަލުކުރަނީ ގަވައިދުގެ ތެރެއިންތޯ ބެލިގެން ދާނެކަމަށެވެ.

ސީޕީ ވިދާޅުވީ "ޓޭޒަ ގަން" އާންމުން އެއްވާ ތަންތަނުގައި ބޭނުން ނުކުރަން ނިންމާފައިވާއިރު އެ ހަތިޔާރު ބޭނުންކުރެވޭ ހާލަތު މިހާ ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ޓޭޒާ ގަން ބޭނުންކުރާނީ ނުރައްކާތެރި އަމަލު ފެންނަ ދަނޑިވަޅުގަޔާއި ތޫނޫ އެޗިހިން ރައްޔިތުންނާއި ފުލުހުންނަށް ހަމަލާދޭން މަސައްކަތްކުރާ ހާލަތުގައި ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން ފުލުހުންގެ ފަރާތުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާތަން ފާއިތުވިތަނުގައި ފެނިފައިވާކަން ފާހަގަކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ އެފަދަ މައްސަލަތަކަށް ފިޔަވަޅު އަޅާފައިވާނެކަމަށެވެ. އެގޮތުން މީގެކުރިން އެކަށީގެން ނުވާ ބާރުގެ ބޭނުންކުރުމުގެ 32 މައްސަލައެއް ބަލައި ހަތަރު މައްސަލައްއެއްގައި ފުލުހުން އެކަށީގެންވާ ވަރަށް ވުރެއް އިތުރަށް ބާރު ބޭނުންކޮށްފައިވާކަން ޔަޤީންކުރެވިގެން ބައެއް ފުލުހުން ވަޒީފާއިން ވަކިކުރުމާއި ޑީމޯޓްކުރުންފަދަ ފިޔަވަޅުތައް އަޅަފައިވާކަމަށް ހަމީދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް