ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަން އިން 13,992 ކިލޯގެ މުދާ ގެނެސްފި
Share
މޯލްޑިވިއަން އިން 13,992 ކިލޯގެ މުދާ ގެނެސްފި އެވެ.
Advertisement

މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ޓްރިވެންޑްރަމް އިން މުދާ ހިފައިގެން ރާއްޖެ އައިސްފައި ވަނީ މިއަދުގެ މެންދުރު ކަމަށެވެ. މިފަހަރު ރާއްޖެ ގެނައި މުދަލުގެ ތެރޭގައި ގިނައީ އަވަހަށް ހަލާކުވެގެންދާ ކަހަލަ އެއްޗެހި ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. 

މީގެ ތިން ދުވަސްކުރިން މޯލްޑިވިއަން އިން ވަނީ ސްރީލަންކާއިން 14,401 ކިލޯގެ  މުދާ ރާއްޖެ ގެނަސްފަ އެވެ. އަދި މީގެ ކުރިން މޯލްޑިވިއަން އިން ވަނީ ޓްރިވެންޑްރަމަށް މުދާ ބަލައި ކުރި ދަތުރެއްގައި 20،310 ކިލޯގެ ކާބޯތަކެތި ރާއްޖެއަށް ގެނެސްފަ އެވެ. 

ކޮވިޑް-19 ގެ ސަބަބުން ގިނަ އަދަދެއްގެ ގައުމުތަކުން ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ކާގޯ ފްލައިޓްތަކެއް ފަށާ، މުދާ ގެނައުމަށް ޗާޓާޑް ފްލައިޓް ހަމަޖެއްސުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ދީފަ އެވެ.

އޭގެ އިތުރުން ޗާޓާޑް ފްލައިޓްތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މިހާރު މޯލްޑިވިއަން އިން މުދާ އުފުލުމަށް ދަތުރުކުރާ މަންޒިލްތަކަކީ ކޮލޮމްބޯ، ޗެންނާއީ، ޓްރިވެންޑްރަމް އަދި ބެންކޮކްގެ އިތުރުން ދުބާއީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް