ads
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ރައްޔިތުންގެ މަޖިލީހުގައި: ފޮޓޯ މަޖްލިސް
ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ ވަޓްސްއަފް އެކައުންޓް ހެކްކޮށްފި
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންގެ ވަޓްސްއަޕް އެކައުންޓް ހެކްކޮށްފި އެވެ.

މިނިސްޓަރުގެ ވަޓްސްއަޕް އެކައުންޓް ހެކްކުރިކަން މިނިސްޓްރީގެ އޮފޮޝަލަކު ވަނީ ސީއެންއެމްއަށް ކަށަވަރުކޮށްދީފަ އެވެ. 

އެކަން އާންމުންގެ ސަމާލުކަމަށް ގެނެސް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ، އެކައުންޓް ހެކްކޮށްފައިވާ ކަމަށާއި އެހެންކަމުން އެ އެކައުންޓް މެދުވެރިކޮށް ލިބޭ މެސެޖްތަކަށް ސަމާލުކަން ނުދިނުމަށް އެކުވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެކައުންޓް އަނބުރާ ހޯދުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަން ކާމިޔާބުވުމުން ހިއްސާކުރައްވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް