ads
ހުރާއިން އާ ބާވަތެއްގެ މޫދު ވިނައެއް ފެނިއްޖެ
ކ. ހުރާ އިން އާ ބާވަތެއްގެ މޫދު ވިނައެއް ފެނި ރާއްޖޭއިން މިހާތަނަށް ފެނުނު މޫދުވިނައިގެ އަދަދު އަށަކަށް އަރައިފި އެވެ.

ރާއްޖެއިން މީގެ ކުރިން ނުފެނަނަ ބާތެެއްގެ މޫދުވިނަ ފެނުނީ، ސްމޯލް އައިލެންޑް ރީސާޗް ގްރޫޕުން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ތެރެއިންނެވެ. 

"އާ ވައްތަރު ގެ މޫދުވިނައެއް ފާހަގަ ވެފައި ވަނީ އިއްޔެ ބޭއްވި ވެބިނާއެއްގެ ތެރެއިން، މޫދުވިނައިގެ ފޮޓޯތަކެއް ބަލަމުން ދަނިކޮށް،" އެ ގުރޫޕުން ބުންޏެވެ.

ސްމޯލް އައިލެންޑް ރީސާޗް ގްރޫޕުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މި އާ ބާވަތުގެ މޫދުވިނައަށް ދީފައިވާ ސައިންޓިފިކް ނަމަކީ ހެލަޑިއުލް ޔުނިނާވިސް ކަމަށެވެ. 

މިމަހުގެ ކުރީކޮޅު އައްޑޫ އިން ވެސް ވަނީ އައު ބާވަތެއްގެ މޫދުވިނަ ފެނިފައެވެ. 

އައްޑޫ އިން ފެނުނު ބާވަތް ފެނިފައި ވަނީ މޫދުވިނައިގެ ފޮޓޯތަކެއް ބަލަމުން ދަނިކޮށް މިމަހުގެ ތެރޭ އައްޑޫ ނޭޗާ ޕާކުގައި ބޭއްވި ވެބިނާއެއްގެ ތެރެއިން ނެވެ. އެގޮތުން އައްޑޫ ގައި ފެނުނު މޫދު ވިނައަށް ދެވިފައިވާ ސައިންޓިފިކް ނަމަކީ ސައިމޮޑޭސިއާ ސެރަލާޓާ ކަމަށް އެ ގްރޫޕުން ވަނީ ބުނެފަ އެވެ. އައްޑޫ އިން ފެނުނު މޫދުވިނައިގެ ބާވަތަކީ ރާއްޖެއިން ފެނިފައިވާ މޫދު ވިނައިގެ ހަތް ވަނަ ބާވަތެވެ.

މީގެ އިތުރުން ރާއްޖެއިން މޫދުވިނައިގެ އިތުރު ވައްތަރުތައް ފެނުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް ރެޒީލިއަންޓް ރީފްސް ޕްރޮޖެކްޓުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް