ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
ލޮކްޑައުންއަށް ލުއި ދީފި
ފުރަތަމަ ފިޔަވަހީގައި ސްކޫލު، މައިޒާންތައް ނުހުޅުވާނެ
މާލެ ސަރަހައްދުގެ މިސްކިތްތައް ވެސް ނުހުޅުވާނެ
ފިހާރަތައް ހުޅުވާނެ، ކޮންމެ ގެއަކުން ދެ ދުވަހު ތިން މީހުންނަށް ބޭރަށް ދެވޭނެ
ރާއްޖޭގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިދީފި އެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާންކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.  

އެގޮތުން މިނިސްޓަރު ވަނީ މާދަމާއިން ފެށިގެން އެ ލުއިތައް ދޭން ނިންމާފާއިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން ސަރުކާރުގެ އޮފީސްތަކާއި ސެލޫންތަކުގެ އިތުރުން ޖިމްތަކާއި ކެފޭ ރެސްޓޯރަންޓްގެ އިތުރުން ސްކޫލުތައް ވެސް ނުހުޅުވާނެ އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ފުރަތަމަ ފިޔަވަހީގައި ދޭން ނިންމާފައިވާ ލުއިތައް ބިނާވެފައި ވަނީ މީހުން ނިކުމެ އުޅޭ މިންވަރާއި އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުމުގެ އިތުރުން ވިޔަފާރި ކުރަން ޖާގަ ދިނުން ފަދަ ކަންކަން ހިމެނެ އެވެ.

މާދަމާ އިން ފެށިގެން ދެވޭ ލުއިތައް:

  • ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދައާއެކު ކޮންމެ ހަފުތާއަކު ދެ ދުވަހު ކޮންމެ ގޭބިސީއަކުން ވެސް ތިން މީހުންނަށް ދެ ގަޑިއިރަށް ނިކުމެވޭނެ.
  • ބޭރަށް ނިކުމެވޭ ޒޯންތައް އިތުރުކުރުން.
  • ސުޕަމާކެޓް، ބޭކަރީ އަދި ކަންމަތީ ފިހާރަ، ފާމަސީ، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް، ހާޑްވެއާ ފިހާތައް ހުޅުވޭނެ.
  • މޯބައިލް ފިހާރަ، ފޮތި ފިހާރަ، އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަ، ކުޅިވަރު އަދި ކޮސްމެޓިކް ސާމާނު ވިއްކާ ފިހާރަ އަދި އޮންލައިންކޮށް ތަކެތި ވިއްކާ ފަރާތްތަކަށް ޑެލިވަރީގެ ހިދުމަތަށް ފުރުސަތު ހުޅުވާލެވޭނެ.
  • މަސް މާރުކޭޓް މާދަމާއިން ފެށިގެން ހުޅުވާނެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް