ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޤާނޫނުއަސާސީގެ އިސްލާހު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުން އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.

ޤާނޫނުއަސާސިއަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ ވޯޓުންނެވެ. އަދި ބިލު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަސް ފޮނުވާފައެވެ. 

ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލަ މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވާއިރު އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށްވެސް މަޖިލީހުން ވަނީ އެދިފައެވެ. އަދި ކޮމިޓީ މަސައްކަތްތައް ނިމުމުގެ ކުރިން ލަފާ އެރުވުމަށް މަޖިލީހުން ވަނީ އެދިފައެވެ.

ލަފާ ކުރެވޭ ގޮތުގައި މުޅި މަޖިލީހުގެ ކޮމިޓީން ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސުޕްރީމް ކޯޓުގެ ލަފާ ލިބުމުންނެވެ. 

ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މައްސަލައިގައި ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ މައްސަލައިގައި މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް