ads
ޒަކިއްޓެ-- ފޮޓޯ: ސަން
އަލީ ރަމީޒާ ގުޅިގެން ދެއްކި ވާހަކައަކާއެކު ޒަކިއްޓެއަށް ފާޑުކިޔަނީ
ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަލީ ރަމީޒުގެ ލަވަތަކުގެ 80 އިންސައްތަ ލަވައަކީ އެހެން އާޓިސްޓުންގެ މަސައްކަތުން ނަގައިގެން ކިޔާފައިވާ ލަވަތަކެއް ކަމަށް ބުނެ އަލީ ރަމީޒަށް ޒުވާން ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ފާޑުކިޔުމާއެކު ގިނަ ބަޔަކު އަލީ ރަމީޒުގެ ދިފާއުގައި ތެދުވެއްޖެ އެވެ.

އަލީ ރަމީޒަކީ ރާއްޖޭގެ މިއުޒިކީ އިންޑަސްޓްރީގައި އުފެދުނު އެންމެ ކުޅަދާނަ އެއް ތަރިއަކަމަށް މިއަދު ވެސް މީހުން ދެކެ އެވެ. އޭނާގެ ލަވަތަކަކީ މިއަދުވެސް ފޫއްސެއް ނެތި މީހުން އަޑު އަހަމުން އަންނަ ހިޓު ލަވަތަކެކެވެ. 

މޯލްޑިވިއަން އައިޑަލުން މީހުންގެ ތާއީދު ހޯދި ޒަކިއްޓެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އަލީ ރަމީޒު ލަވަތަކަކީ ކޮޕީއެއް ކަމަށެވެ. އެއާއެކު އޭނާއަށް އަމާޒުވި ފާޑުކިޔުމާއެކު މިހާރު އެ ޕޯސްޓް ވެސް ވަނީ ޑިލީޓްކޮށްލާފަ އެވެ. 

އެގޮތުން ޓްވީޓާ އާއި ފޭސްބުކްގައި ވެސް އަލީ ރަމީޒުގެ ދިފާއުގައި ގިނަ ބަޔަކު އަންނަނީ ވާހަކަ ދައްކަމުންނެެވެ. އެގޮތުން މީހުން ބުނަމުން އަންނަނީ ޒަކިއްޓެ ގަބޫލުކުރިޔަސް ނުކުރިޔަސް އަލީ ރަމީޒަކީ މިއުޒިކީ ދާއިރާގައި އުފެދުނު އެންމެ ހުނަރުވެރި އެއް ތަރި ކަމަށެވެ. އަދި އަލީ ރަމީޒު ލަވަކިޔުން ހުއްޓާލިތާ މިހާރު އެތަކެއް އަހަރެއްވެފައިވާއިރު ވެސް އޭނާގެ ލަވަތަކަށް އޮންނަ ތާއީދަކީ އެކަމުގެ ހެއްކެއް ކަމަށް ބުންޏެވެ. 

ލަވަކިޔުމާއި ދުރަށް ޖެހިލުމަށް ފަހު އަލީ ރަމީޒު މިހާރު އުޅެމުން އަންނަނީ ދީނީ ކަންކަންމުގަ އެވެ. އަލީ ރަމީޒު ބުނި ގޮތުގައި އެގޮތުގައި ސާބިތުވެ ހުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ދީނީ އިލްމްވެރިންނަކީ އެންމެ ގާތް މީހުންގެ ގޮތުގައި ދެކުމަކީ ސާބިތުވެ ހުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އަލީ ރަމީޒު ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް