ads
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: ޝަހީމް/ފޭސްބުކް
ސަމާލުވާން ޖެހޭ ކަންކަން ބަލައި މިސްކިތްތައް ހުޅުވާލަން ގޮވާލައިފި
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފައިވާއިރު ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ސަމާލުކަން ދީގެން މިސްކިތްތައް ހުޅުވާލުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

ކުރިން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާކަން ވެސް ކުރެއްވި ޝަހީމް އެފަދަ ގޮވާލުމެއް ގޮވާލައްވާފައި މިވަނީ މިއަދުން ފެށިގެން މާލޭ ސަރަހައްދުގެ ލޮކްޑައުންއަށް ލުޔެއްދޭން ސަރުކާރުން ނިންމައި، އެކަން ރޭ އިއުލާން ކުރައްވާފައިވަނިކޮށެވެ. 

އެގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިދޭން ނިންމިއިރު ފުރަތަމަ ފިޔަވަހީގެ ދަށުން ފިހާރަތައް ހުޅުވާލަން ވަނީ ނިންމާފަ އެވެ. އަދި ކޮންމެ ގެއަކުން ވެސް ތިން މީހުންނަށް ބޭރަށް ދެވޭ ގޮތް ހެދުމާއި ޓެކްސީގެ ހިދުމަތް ފެށުމާއި މަސްމާރުކޭޓް ހުޅުވުން ފަަދަ ކަންކަން ހިމެނެ އެވެ. 

އެކަމަކު މާލެ ސަރަހައްދުގެ މިސްކިތްތައް ނުހުޅުވާނެ ކަމަށް ރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނިކޮށް މިއަދު ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ތަނަކަށް ލުއިދޭއިރު މިސްކިތްތައް ވެސް ހުޅުވަން ޖެހޭ ކަމަށެވެ. 

"ހުރިހާ ކަމަކަށް ލުއިދޭއިރު އެއްވެސް މިސްކިތެއް ބަންދުކޮށްފައި ބެހެއްޓުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން، ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ސަމާލުކަންދީގެން މިސްކިތް ބޭނުންކުރެވޭ ގޮތަށް މިސްކިތް ހުޅުވާލަދޭން ޖެހޭ،" ޝަހީމް ވިދާޅުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް