ads
މަޖިލިސް ހުޅުވުމުގެ ޖަލްސާގެ ތެރެއިން-- ފޮޓޯ: މަޖިލިސް
ލެޖިސްލޭޓިވް އެޖެންޑާ: މަޖިލީހުން ކުރީ މަލާމާތް؟
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ހިންގުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެވެ. ރައީސް ސޯލިހުގެ ވައުދު ފުއްދުމަށް އެ އެޖެންޑާގައި ހުރި ގިނަ ކަންކަން ފުރިހަމަކޮށް ކުރިއަށް ގެންދާންޖެހެއެވެ. އެގޮތުން އެ އެޖެންޑާ އެކުލެވިގެން ވަނީ ހަތަރު ވައްތަރެއްގެ ބަދަލަކަށް ފޯކަސް ކޮށްގެންނެވެ. އެއީ ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހާއި، އައު ގާނޫނުތަކާއި، އުވާލަންޖެހޭ ގާނޫނުތަކާއި، ވަކި މީހަކަށް އަމާޒުކޮށް ހަދާފައިވާ ގާނޫނުތައް އުވާލުން ނުވަތަ ބަދަލުކުރުމުގެ މައްޗަށެވެ.

އެ އެޖެންޑާގައި 201 އެއް ބިލެއް ހިމަނާފައިވެއެވެ. އޭގެ ތެރެއިން 47 ބިލެއް 2019 ވަނަ އަހަރު ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރިއެވެ. ރައްޔިތުންގެ މަޖިލީހުގެ 89 މެންބަރުންގެ ތެރެއިން 64 ގޮނޑިއަކީ އެމްޑީޕީގެ ގޮނޑިތަކެވެ. 

އެހެންކަމުން ސަރުކާރުން ލެޖިސްލޭޓިވް އެޖެންޑާ މަޖިލީހަށް ހުށަހަޅައިގެން ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނެތެވެ.

ނަމަވެސް، 19 ވަނަ މަޖިލީހުން ފެނިގެން ދިޔައީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއަށް ގޮންޖަހައި، އޭގައި ހުރި ބައެއް ބިލުތައް "ޖޯކަކަށް ވީ" މަންޒަރެވެ. 

"ސަރުކާރުގެ ފަރާތުން ހުށަހަޅަނީ އެތައް ޒަމާނެއް ވަންދެން އެކި ވުޒާރާތަކުގައި ހުރި ބިލުތަކެއް. އެ ބިލުތަކަށް ހުރިހާ ފަރާތެއްގެ ހިޔާލާއި މަޝްވަރާ ހޯދައިގެން އެ ބިލުތައް ފުރިހަމަކޮށް ގާނޫނަށް ހަދަނީ ރައްޔިތުންގެ މަޖިލީހުން،" މިއީ ސަރުކާރުން ހުށަހެޅި ބިލަކާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވާ ވާހަކަފުޅެކެވެ.

ރައީސް ނަޝީދު އެގޮތަށް ފާޑުވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ ހުށަހަޅެއްވި ބިލާއި ގުޅޭގޮތުން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އޭގެ އިތުރުން ވެސް ސަމާސާ ރާގަކަށް ނަމަވެސް، ރައީސް ނަޝީދު ވަނީ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލުތަކަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން ނަޝީދު ވިދާޅުވީ ބިލުގެ ގޮތުގައި ސަރުކާރުގެ ފަރާތުން ގިނަ ފަހަރު ހުށަހަޅަނީ "ސުރުހީ" އެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެފަދަ ފާޑުކިއުންތަކެއް ވިދާޅުވުމަށްފަހު ރައީސް ނަޝީދު ވަނީ ބައެއް ބިލުތައް މަޖިލީހުންގެ ތެރެއިން ކޮމެޓީތަކުން ޑްރާފްޓްކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. 

އެ ހާދިސާތަކުން ވެސް ސިފަވާއެއް ކަމެއް އެބައޮތެވެ. އެއީ އެމްޑީޕީ ޝާމިލުވާ ސަރުކާރެއް އޮތް ނަމަވެސް، މަޖިލީހާއި ސަރުކާރާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް އޮތްކަމެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ބުނާގޮތުން، އެ ހާލަތަކާއި ރިއާއަތްކޮށް ވެސް ސަރުކާރުން ގާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅާނެއެވެ. އެގޮތުން ކޮވިޑް-19 ގެ ވަބާގެ ސަބަބުން ކައުންސިލް އިންތިހާބު ފަސްކުރަން ސަރުކާރުން ވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައެވެ. ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތަސް އެކަން މަޖިލީހުގެ ތެރެއިން ހިނގާ މަންޒަރު ފެންނަނީ 'ޑްރާމާ އެއްގެ' ސިފައިގައެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ: 

ބިލުގެ އަދަދު: 201  

އަމާޒުކުރެވިފައިވާ ދާއިރާތައް ސެކްޓަރުތައް: 

1. ގާނޫނު އަސާސީ، 

2. އިސްލާމް ދީން 

3. ކޮރަޕްޝަން ހުއްޓުވުން 

4. ލާމަރުކަޒީ ނިޒާމް 

5. އަދުލް އިންސާފު 

6. އިންސާނީ ހައްގުތައް 

7. އިގްތިމާއީ ރައްކާތެރިކަމާ ހަމަޖެހުން

8. މުޖުތަމައު ރައްކާތެރިކުރުމާ ކުށްހުއްޓުވުން 

9. ސިއްހަތު 

10. ތައުލީމު 

11. ދަތުރުފަތުރު

12. ދައުލަތް ހިންގުމާ އިދާރީ ކަންކަން

13. ގައުމީ ސަލާމަތާ ހާރިޖިއްޔާ

14. ފަތުރުވެރިކަމާ ދަނޑުވެރިކަމާ މަސްވެރިކަން 

15. ތިމާވެށި 

16. ވިޔަފާރިއާ އިގްތިސާދު 

17. ފައިސާ އާއި މާލީ ކަންކަން 

18. ބިންބިމާއި މުދާ 

19. ބަހާއި ސަގާފީ ތަރިކަ

20. އާންމު ގަވާއިދުތަކުގެ ދަށުން ހަދަންޖެހޭ ގާނޫނުތައް 

21. ވަކި ފަރާތަކަށް އަމާޒުކޮށްގެން ހަދާފައިވާ ގާނޫނުތައް އިސްލާހުކުރުން 

22. ޒަމާނާއި ނުގުޅޭ ނުވަތަ އިސްލާހު ކުރަންޖެހޭ ގާނޫނުތައް  

ގާނޫނު އަސާސީއަށް ހަތަރު އިސްލާހެއް: 

1. އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ އިސްލާހުކުރުމުގެ ބިލު

2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމު އިސްލާހުކުރުމުގެ ބިލު

3. އެންޓި ޑިފެކްޝަން ބިލު

4. މިނިވަން މުއައްސަސާތައް އިސްލާހުކުރުމުގެ ބިލު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް