ads
ފޮޓޯ: ޕީއެސްއެމް ނިއުސް
މާލޭގެ މޭޔަރު ކަމަށް އަލްހާން ކުރިމަތިލައްވަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ނައިބު ރައީސްކަން ވެސް ކުރެއްވި އަލްހާން އެކަން އިއުލާނު ކުރައްވާފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ.



މާލޭގެ މޭޔަރު ކަމަށް ކުރިމަތި ލައްވާނެކަން އަލްހާން އިއުލާނު ކުރެއްވި އިރު، އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް އަލްހާން ވަނީ ވާދަކުރައްވާފަ އެވެ. އެގޮތުން ޖުމްހުރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާނަށް ވަނީ ނާކާމިޔާބީއާއި ކުރިމަތި ވެފަ އެވެ.

މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނެރޭނެ ކަމުގައި އެ ކޯލިޝަނުން ރޭ ވަނީ އިއުލާންކުރައްވާފަ އެވެ.

މާލޭގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް