ads
އިންޑިއާއިން ވަނީ 2015 ވަނަ ޖާސޫސީ ކޮތަރެއް ކަމަށް ބުނާ ކޮތަރެއް ހިފާފާ--
ޖާސޫސް ކުރާ ކަމަށް ބުނެ އިންޑިއާ އިން ހިފި ކޮތަރު ދޭން ޕާކިސްތާނު މީހަކު އެދިއްޖެ
"ޖާސޫސީ ކޮތަރެއް" ކަމަށް ބުނެ އިންޑިއާއިން ހިފި ކޮތަރު އަނބުރާ ރައްދު ކުރުމަށް އޭގެ ވެރިފަރާތް ކަމަށް ބުނާާ ޕާކިސްތާން މީހަކު އަންގައިފި އެވެ.

އިންޑިއާ އާއި ޕާކިސްތާން ބޯޑަރު ދެމެދު އޮންނަ ނަރޯވާލްގެ ހިސާބަކަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ ހަބީބުﷲ ބުނީ އިންޑިއާއިން ހިފި ކޮތަރަކީ އޭނާ އޮޅު ކޮށްގެން ގެންގުޅޭ ކޮތަރުތަކުގެ ތެރެއިން ކޮތަރެއް ކަމަށެވެ. އަދި އެ ކޮތަރަކީ އަންހެން ކޮތަރެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިންޑިއާ ސަރުކާރާއި އިންޑިއާގެ މީޑިއާތަކުން މައާފަށް އެދެން ޖެހޭނެކަމަށާއި ޕާކިސްތާނުން ހައްޔަރު ކުރި އިންޑިއާގެ ޕައިލެޓް އަނބުރާ ގައުމަށް ފޮނުވާ ލެވިފައިވާއިރު އިންޑިއާ އިން ވެސް އޭނާގެ ކޮތަރު އަނބުރާ ދޭން ޖެހޭނެ ކަމަށް ހަބީބުﷲ ވަނީ ބުނެފައެވެ.

ހަބީބުﷲ ބުނިގޮތުގައި ފިތުރު އީދު ދުވަހު އޭނާ ވަނީ އޭނާގެ ގެންގުޅޭ ތަނުން 12 ކޮތަރު ދޫކޮށްލާފަ އެވެ. ނަމަވެސް އަނބުރާ ގެއަށް އައީ 11 ކޮތަރު ކަމަށެވެ. އަނބުރާ ނާންނަ ކޮތަރަށް ކިޔަނީ ގޯލްޑެން މަދި ކަމަށާއި އެ ކޮތަރު ފައިގައި އިން އަނގޮޓީގައި އިން ނަމްބަރަކީ އޭނަގެ ނަންބަރު ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކުރާ ގޮތުގައި މިކޮތަރު ފެނިފައިވަނީ އިންޑިއާގެ ކަތުއާ ޑިސްޓްރިކްޓްގެ އަންހެނަކަށެވެ.

ކަތުއާ ފުލުހުންގެ ސީނިއާ ސުޕްރީޑިއެންޓް ޝައިލެންދުރަ ކުމާރު މިޝްރާ ބުނި ގޮތުގައި އެ ކޮތަރު އައީ ކޮންތާކުން ކަމެއް ނޭނގެ އެވެ. އަދި އެކޮތަރު ހިފާފައި ވަނީ އެ ހިސާބުގައި އުޅޭ މީހުން ކަމަށާއި، ކޮތަރު ހިފި އިރު އޭގެ ފައިގައި ނަމްބަރެއް ޖަހާފަ އިން އަނގޮއްޓެއް ވެސް އިން ކަމަށް މިޝްރާ ވަނީ ފާހަގަ ކޮށްފައެވެ. 

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް އިންޑިއާ ފުލުހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް