ads
އިންފޮމޭޝަން ކޮމިޝަނަރުގެ ކަންބޮޑުވުންތައް އުއްތަމަ ފަނޑިޔާރާ ހިއްސާކޮށްފި
މައުލޫމާތު ހޯދައި ލިބިދިނުމުގެ ހައްގުގެ ތެރެއިން ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް، އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ، އުއްތަމަ ފަނޑިޔާރު މުޢުތަޞިމް އަދުނާނާ ހިއްސާކުރައްވައިފި އެވެ.
މައުލޫމާތު ހޯދައި ލިބިދިނުމުގެ ހައްގުގެ ތެރެއިން ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް، އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ، އުއްތަމަ ފަނޑިޔާރު މުޢުތަޞިމް އަދުނާނާ ހިއްސާކުރައްވައިފި އެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އިންފޮމޭޝަން ކޮމިޝަނަރު ވަނީ، "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ" ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ހިލާފަށް ޝަރުއީ ދާއިރާއިން ނިންމަވާފައިވާ ނިންމުންތައް ބާތިލްކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެގާނޫނު ފުރިހަމަ އަށް ތަންފީޒު ކޮށްދެއްވުމަށްވެސް އުއްތަމަ ފަނޑިޔާރުގެ ކިބައިން އެދިވަޑައިގެންފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރުޢީ ދާއިރާއިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވާފައިވަނީ އެންމެ އަހަރީ ރިޕޯޓެކެވެ. އަދި އެއީ 2014 ވަނަ އަހަރު ޖުވެނައިލް ކޯޓުން ހުށަހެޅި ރިޕޯޓް އެކަންޏެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޝަރުޢީ ދާއިރާގެ ކަންކަން ވީހާ ވެސް ދެ ފުށް ފެންނަ ގޮތަށް ހެދުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށާއި ވީހާ ވެސް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ރައްޔިތުންނަށް ލިބިދިނުމަށް ބާރު އަޅުއްވާ ކަމަށެވެ.

"ވަރަށް ބޮޑަށް މިއަދު ހިތްހަމަޖެހިގެން ހިނގެއްޖެ. ޝަރުޢީ ދާއިރާގެ ހާމަކަން ބޮޑު ކުރެއްވުމުގެ ވިސްނުންފުޅު މިހާރުގެ އުއްތަމަ ފަނޑިޔާރު ގެންގުޅުއްވާތީ. އެކަމުގެ ސަބަބުން ރައްޔިތުންގެ ޙައްގުތައް އިތުރަށް ކަށަވަރުވެ، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ،" މި ބައްދަލުކުރެއްވުމުގައި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް