ads
މިއަދު ހިންމަފުށީގައި ކުރި ހުކުރު ނަމާދުގެ ތެރެއިން--
ޖަމާއަތުގައި ނަމާދުނުކުރާ މުއްދަތު ދިގު ދަންމާލައިފި
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެ ބަލީގެ އަސަރު ނެތް ރަށްރަށް ފިޔަވައި، އެހެން ރަށްތަކުގައި ޖަމާއަތުގައި ނަމާދުނުކުރަން އޮތް އޮތުން ދަންމާލައިފި އެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ.

އެކަމަކު ފަހުން މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން އޭޕްރީލް 19 ވަނަ ދުވަހު ނިންމި އެވެ. އޭގެ ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ކޮވިޑް-19 ގެ އެއްވެސް އަސަރެއް ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލައި އެރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލާފަ އެވެ. 

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ބައެއް ރަށްތަކުގައި މިސްކިތުގައި ޖަމާއަތުގައި ނަމާދުނުކުރާ ގޮތަށް އޮތް އޮތުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރި ނަމަވެސް އަންނަނީ ބަންގިގޮވަމުންނެވެ. އަދި ބަންގީގެ ފަހުގައި ހުރިހާ އެންމެން ވެސް ގޭގައި ނަމާދުކުރުމަށް ވެސް އަންނަނީ ގޮވަމުންނެވެ.

މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ގުރްއާން ކިޔަވައި، ﷲ ގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ވެސް އިސްލާމިކް މިނިސްޓަރު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް