ads
އޮއްތޮ އޭނާގެ ދަރިފުޅާއެކު: ފޮޓޯ ނައުފާ
އިރާދަ ކުރެއްވިއްޔާ އަހަރެން އަދި ހިނގާނަން: އޮއްތޮ
މީގެ ދެ އަހަރު ކުރިން ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ޖައްސައި އެކްސިޑެންޑުކޮށް ސީރިއަސް އަނިއާތަކެއް ލިބުނު އުމަރު ސަލީމް (އޮއްތޮ) އަލުން ހިނގާނެކަމަށް އޭނާ ބުނެފިއެވެ.

އޮއްތޮ މިހެން ބުނީ އޭނާ އެކްސިޑެންޓުވިތާ މިއަދަށް ދެ އަހަރު ފުރުމާ ގުޅިގެން އޭނާގެ އާއިލާގެ ފަރާތުން އޭނާގެ އަންހެނުން ފާތިމަތު ނައުފާ ނެރުނު ވީޑިއޯ އެއްގައެވެ. 

އެ ވީޑިއޯގައި ފެންނަގޮތުން އޮއްތޮ އަންނަނީ އަލުން ހިނގަައި ވާހަކަ ދެެއްކުމަށް މަސައްކަތް ކުރަމުންނެވެ. އަދި އޭނާ އަންނަނީ ވަރަށް ބޮޑަށް ކުރިއެރުން ހޯދަމުންނެވެ.

އޮއްތޮގެ ސިކުނޑިއަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކާއެކު އޭނާގެ ފުރާނަ ސަލާމަތްވީ ރާއްޖޭގެ ޓްރީޓޮޕް ހޮސްޕިޓަލުން ކުރި އޮޕަރޭޝަނާއެކު އެވެ.

މީގެ ކުރިން ޓްރީޓޮޕުން ވެސް ޕިޒިއޮތެރަޕީ ހެދި އޮއްތޮ މިހާރު އަންނަނީ އައިޖީއެމްއެޗުން ޕިޒިއޮތެރަޕީ ހަދަމުންނެވެ. އަދި އެތަނުން އޭނާ އަންނަނީ ސްޕީޗް ތެރަޕީ ވެސް ނަގަމުންނެވެ.

ނަމަވެސް ކޮވިޑުގެ ސަބަބުން އޭނާގެ ތެރަޕީތައް ވަނީ މެދުކެނޑިފައެވެ. އޮއްތޮ ބުނަނީ ކަންކަން ހަމައަކަށް އެޅުމުން އަލުން ތެރަޕީ ފަށާނެ ކަމަށެވެ.  

"އިރާދަ ކުރެއްވިއްޔާ އަހަރެން އަދި ހިނގާނަން،" -އޮއްތޮ-

އޮއްތޮ އެކްސިޑެންޓު ވި މައްސަލައިިގައި ހުޅުމާލޭ  ކޯޓުގައިތާވަލުކުރާ ގިނަ ޝަރީއަތްތައް ކެންސަލްވަމުން ގޮސްފައިވާތީ  އޭނާގެ އާއިލާގެ ވަރަށް ބޮޑު ކަންބޮޑުވުން ފާޅުކުރަމުން ދިޔައެވެ. އާއިލާއިން ބޭނުންވަނީ އަވަހަށް އޭނާއަށް އިންސާފު ލިބުމެވެ. 

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް 20 ޖޫން 2019 ވަނަ ދުވަހު ބާއްވާފައިވެއެވެ.

އޮއްތޮއަކީ މަޝްހޫރު ފުޓުބޯޅަކޯޗު (ބޮޑު) ހީނާ އަހުމަދު ސަލީމްގެ ފިރިހެން ދަރިފުޅެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް