ads
ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ޤާނޫނުއަސާސީއަށް ހުށަހެޅި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ 63 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. 

މި ބިލު ކޮމިޓީން ފާސްކޮށްފައިވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މި ބިލަށް ހުށަހެޅި އިސްލާހު ތަކާއި އެކުއެވެ. 

your imageމެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް-- 

އާޒިމް ވަނީ މި ބިލަށް ދެ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން އާޒިމް ގެ ފުރަތަމަ އިސްލާހުން ވަނީ ސަރުކާރުން އިސްލާހުގެ ގޮތުގައި ހުށަހެޅި މާއްދާ އުނިކުރުމަށެވެ. އަދި އޭގެ ބަދަލުގައި ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމެނުމަށް ހުށަހެޅުއްވި އެވެ. އަދި އެ މާއްދާގެ ދަށުން ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގޮތުގެ އުސޫލުތަކާއެކު ސަންސެޓް ގާނޫނެއް ފާސްކުރުމަށްވެސް އާޒިމް ހުށަހެޅުއްވި އެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާއިރު ސަރުކާރުގެ ފަރާތުން ވަނީ ޤާނޫނުއަސާސި އިސްލާހުކުރުމަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް މިއީ ޤާނޫނުއަސާސީ އިސްލާހު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވުމުން މެމްބަރު ހަސަން ލަތީފް ވަނީ ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ވަކި ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ބިލުގެ ކޮމިޓީ މަރުހަލާގައި ބަންޑާރަނައިބާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވަނީ މިކަމަށް އޮތް ހައްލަކީ ޤާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް ވިދާޅުވެފައެވެ. އެއާއި އެކު ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު މަޖިލީހުގެ އެޖެންޑާގައި ތާވަލުކޮށް އޭގެ މަސައްކަތް ފެށިއެވެ. ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރި އިރު މެމްބަރުން ވަނީ އެކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ވެސް އެދިފައެވެ.

އެކަމުގައި ސުޕްރީމް ކޯޓުން ދީފައިވާ ލަފައަކީ މިހާރު ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބަދަލުގައި އެ ބިލު ނުވަތަ އެނޫންވެެސް ބިލަކުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި އެ މަގުސަދު ހާސިލު ކުރުމަށް ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތައް އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް