ads
ޕޫ ގެ މަގްބޫލްކަމާއި ހުރެ ކަރީނާ ހައިރާން ވެއްޖެ
"ކަބީ ހުޝި ކަބީ ގަމް" ގަމްގައި ކަރީނާ އަދާކުރި ޕޫޖާގެ ރޯލް އަދިވެސް މަގްބޫލު ކަމުން އޭނާ ހައިރާން ވެއްޖެ އެވެ.

ކަރަން ޖޯހަރް ދެ ވަނައަށް ޑައިރެކްޓް ކުރި ފިލްމު ކަމަށްވާ ކަބީ ހުޝި ކަބީ ގަމް ގައި ބޮލީވުޑުގެ މަޝްހޫރު ފަންނާނުން ހިމެެނެ އެވެ. އެގޮތުން، އަމީތާބް އަދި އޭނާ އަންހެނުން ޖާޔާ ބައްޗަން، ޝާހްރުކް ހާން، ރިތިކް ރޯޝަން، ކާޖަލް ކަންނާ އަދި ކަރީނާ ކަޕޫރް ހާން އަކީ މި ފިލްމުން ފެނިގެންދާ ބައެއް މަޝްހޫރު ފަންނާނުން ނެވެ.

މަޝްހޫރު ފަންނާނުން، އެ ފިލްމުގެ އެކި ރޯލްތައް އަދާ ކޮށްފައިވާއިރު އަދިވެސް މީހުންގެ ތެރޭގައި އެންމެ މަގްބޫލް އަދި އެންމެ މަޝްހޫރު އަދި މީހުންގެ ހަނދާނުން ނުފިލާ އެއް ރޯލަކީ ކަރީނާ އަދާ ކޮށްފައިވާ ޕޫ ގެ ރޯލް އެވެ. އޭނާގެ ހެދުން އެޅުމުގެ ގޮތާއި އޭނާގެ ގޮތް ގަނޑުގެ ވާހަކަ އަކީ އަދިވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ގިނައިން ދެކެވެމުންދާ ވާހަކަ އެކެވެ.

އިންޓަނޭޝަނަލް ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ކަރީނާ ވަނީ ޕޫގެ މަގްބޫލް ކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ޕޫގެ މަގްބޫލުކަން މިހާ ގިނަ ދުވަހަށް ދެމިއޮތުމުން އޭނާ ވެސް ހައިރާން ވެފައިވާ ކަމަށެވެ. 

"އެ ފިލްމުގައި އަދާ ކޮށްފައިވާ ރޯލް އާއި މިހާރުގެ ޒުވާނުންނާއި ގުޅޭ ކަން އަދިވެސް ފާހަގަ ކުރެވޭ. ކިތަންމެ ގިނަ ރޯލް އެއް ކުޅުނަސް ޕޫ ކަހަލަ ރޯލެއް އަދި މި ފަހުން ކުޅެން ނުލިބޭ،" މީގެ 19 އަހަރު ކުރިން ކުޅުނު، ކަބީ ހުޝި ކަބީ ގަމް ގައި އަދާ ކޮށްފައިވާ ރޯލާއި ބެހޭ ގޮތުން ކަރީނާ ބުންޏެވެ.  

ކަރަން ޖޯހަރް ގެ ކަބީ ހުޝި ކަބީ ގަމް އަށް  އަންނަ އަހަރު 20 އަހަރު ފުރިގެން ދާނެ އެވެ.

ކަރީނާ މިހާރު ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 20 އަހަރުވެފައި ވާއިރު އޭނާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ އަންގްރޭޒީ މީޑިއަމް އިން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް