ads
ޔަމަހާއިން ފަރުކާކޮށްފައިވާ ރިމޯޓް ޗިއަރިން އެޕް ޓެސްޓުކުރަނީ
ގޭގައި ތިބެގެން ސަޕޯޓުކުރެވޭ އެޕެއް
ގޭގައި ތިބެގެން، އެ މީހަކު ބޭނުންވާ ކްލަބަކަށް ސަޕޯޓުކުރެވޭ އެޕެއް ޖަޕާނުން ޓެސްޓްކޮށްފިއެވެ. މިއީ ކޮވިޑާއި ގުޅިގެން ސަޕޯޓަރުން ނުވައްދައި ކުޅިވަރުތައް ކުޅެން ޖެހުންނަމަވެސް އެތްލީޓުންނަށް އެ މީހުންގެ ސަޕޯޓަރުން އެބަތިބިކަމަށް އިހްސާސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ އެޕެކެވެ.

މިއީ ކޮވިޑާއި ގުޅިގެން ސަޕޯޓަރުން ނުވައްދައި ކުޅިވަރުތައް ކުޅެން ޖެހުންނަމަވެސް އެތްލީޓުންނަށް އެ މީހުންނާއެކު ސަޕޯޓަރުން ތިބިކަން އިހްސާސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ އެޕެކެވެ.

ޖަޕާނުގެ ޔަމަހާ ކުންފުނިން އީޖާދުކޮށްފައިވާ އެ އެޕުގެ ޒަރީޢާއިން ސަޕޯޓަރުންނަށް ގޭގައި ތިބެގެން ސްޓޭޑިއަމްތަކުގައި އެ މީހުންގެ އަޑު އިއްވޭނެއެވެ. އެ އެޕް ތައްޔާރުކޮށްފައިވަނީ، ސަޕޯޓަރުން، އެ މީހުންގެ އަޑު ދަނޑުގެ އެ މީހަކު ބޭނުންވާ ސަރަހައްދަކުން ކުޅުންތެރިންނަށް އިއްވޭ ގޮތަށެވެ. 

އެޕު ފަރުމާކޮށްފައިވަނީ، ދަނޑުގެ އެކި ސަރަހައްދު އެކި ޓީމުތަކަށް ކަނޑައަޅައި، އެ ޓީމެއްގެ ސަޕޯޓަރުންގެ ސަޕޯޓްކުރުމުގެ އަޑު ތަކާއި ޝުޢޫރުތައް މެޗު ކުޅެމުންދާއިރު ވަގުތުން ކުޅުންތެރިންނަށް އިއްވޭ ގޮތަށެވެ.

ޔަމަހާއިންވަނީ ޖަޕާނުގެ ޝިޒޫކާ ސްޓޭޑިއަމްގައި އެ އެޕް މިހާރު ޓެސްޓްކޮށްފަ އެވެ. އެއީ ފަންސާސް ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. އެޕްގެ ފުރަތަމަ ޓެސްޓްތައް ކުރުމަށް ފަހު އަދި އިތުރަށް އެޕް ޑިވެލޮޕް ކުރުމަށް ޔަމަހާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޔަމަހާއިން ބުނި ގޮތުގައި ދަނޑުގައި ސަޕޯޓަރުން ނެތި، ސަޕޯޓަރުން ތިބުމުގެ އިހުސާސް ކުޅުންތެރިންނަށްކޮށް ނުދެވުނު ނަމަވެސް، އެއާ އެންމެ ގާތް ކުރާނެ ގޮތަކަށް މި ހާލަތުގައި ކުރެވެން އޮތް ކަމަކީ އެ ފަދަ އެޕެއް މެދުވެރިކޮށް އެކަން ކުރުމެވެ. އަދި އެޕުގެ ސަބަބަން އެތްލީޓުންނަށްވެސް އަދި ސަޕޯޓަރުންނަށްވެސް ކޮންމެވެސް ކަހަލަ ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމަށް ޔަމަހާ ކުންފުނިން ދެކެއެވެ.

ކޮވިޑާއި ގުޅިގެން ޖަޕާނުގައިވެސް ވަނީ ހުރިހާ ކުޅިވަރެއް ހުއްޓާލާފައެވެ. ޖަޕާނުން އަންނީ އަންނަ ޖުލައި މަހު ކުޅިވަރުތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ގޮތަށް ޖަޕާނުގައިވެސް ކުޅިވަރުތައް އަލުން ފެށޭނީ ސަޕޯޓާރުން ނުވައްދައި ހުސް ސްޓޭޑިއަމްތަކުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް