ads
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު:--
މަޖިލީހުން މަސްވެރިންގެ ހައްގުގައި ބިލް ފާސްކުރިޔަސް ނަތީޖާއެއް ނުފެނޭ: ނިހާދު
މަސްވެރިންގެ ހައްގުގައި މަޖިލީހުން ބުރަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުފެންނާތީ ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު ޒާހާ ވަހީދު އިސްތިއުފާ ދެއްވުމަށް ސ. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޒަހާގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭކަމަށް ގަވައިދު ކޮމިޓީން ނިންމަވާފައިވާ ރިޕޯޓަށް ބަހުސް ކުރަމުން ސަރުކާރު ހިންގަވާ އެމްޑީޕީގެ މެމްބަރުން ވަނީ މިނިސްޓަރިގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ.

އެގޮތުން މިއަދު ކުރިއަށްދިޔަ މަޖިލީހުގައި ބަހުސްކުރައްވަމުން ނިހާދު ވިދާޅުވީ މަސްވެރިކަމުގެ ގާނުނު ވުޖޫދަށް ގެނައި ވަރަށް ބުރަ މަސައްކަތްކޮށް މަސްވެރިންނަށް ވެފައިވާ ވައުދު ފުއްދައިދިނުމަށް ކަމަށެވެ.

ނަމަވެސް މިހާ ހިސާބަށް އައިރުވެސް އެ ގާނޫނުގެ ސަބަބުން މަސްވެރިންނަށް ފައިދާ ނުލިބެނީ ގާނޫނުގެ ދަށުން ހަދަންޖެހޭ ގައިވަދުތައް ހެދިފައި ނުވުން ކަމަށާއި އެގޮތުން މަސްވެރިންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހެދިފައިވޭތޯ 11 ފެބުރުއަރީ 2020 ގައި ބަލާފައިވާކަމަށް މެމްބަރު ވިދާޅުވި އެވެ. އެއީ އެ ގާނޫނު ވުޖޫދަށް އައިސްފައިވާތާ އަށް ވަނަވީ މަސްކަމަށް ނިހާދު ފާހަގަކުރެއްވި އެވެ.


" އެއްވެސް ކަމެއް ކުރެވިފައި ނުވާކަމަށް މިނިސްޓްރީން ސާފުކޮށް އަޅުގަނޑުމެން ކޮމިޓީގައި ވިދާޅުވި. މެނޭޖްމެންޓް ޕްލޭނެއްގެ ވާހަކަ ވިދާޅުވި. މެނޭޖްމެންޓް ޕްލޭންވެސް ހަދަން ދެ އަހަރު ބޭނުންވާނެ ވާހަކަ ވިދާޅުވި. އިއްޒަތްތެރި ރައީސް އެހެންކަމަށް ވާނަމަ މި ގާނޫނުގެ ބޭނުމެއް ނެތް. އަދި ކަނޑައެޅިގެން އަޅުގަނޑުމެންގެ ކޮމިޓީގައި މިނިސްޓްރީގެ ފަރާތުން ބުނަމުން ދިޔައީ އެކްސްކްލޫސިވް ރައިޓްސްއެއް ވެސް އެއްވެސް މަސްވެރިންނަކަށް ދީފައެއް ނެތޭ. އެއްބަސްވުމުގައި އެ ވާހަކައެއް ލިޔެފައެއް ނެތޭ. ޖެހިގެން އައިދުވަހު މިނިސްޓަރު ޓީވީގައި ވިދާޅުވީ އެކްސް ކްލޫސިވް ރައިޓްސް ކޮންޓެކްސްތަކެއް އެބަހުއްޓޭ. އޭގެ ސަބަބުންނޭ މަސްވެރިންނަށް ލިބިންޖެހޭ ފުރުސަތުތައް ނުލިބިގެން މިއުޅެނީ. އެ އެއްބަސްވުންތައް އުވާލުމުގެ މަސައްކަތް ކުރަމުން އެބަދެޔޭ،" ނިހާދު ވިދާޅުވި އެވެ.

އޭގެ އިތުރުން ނިހާން ވިދާޅުވީ މަސްވެރިންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުން ބުރަ މަސައްކަތްކޮށްފައިވާއިރު އެ މަސައްކަތުގެ ނަތީޖާ ނުފެނުނު ކަމަށެވެ. ހަމައެކަނި ޔޫރަޕަށް މަސް އެތެރެކުރުމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ހުރުމުގެ ބޭނުމެއް ނެތްކަމަށާއި އެހެންކަމުން މިނިސްޓަރު ޒަހާ އިސްތިއުފާ ދިނުން މުހިންމުކަމަށް ނިހާދު ވިދާޅުވި އެވެ.

ނިހާދުގެ އިތުރުން ވެސް މިއަދުގެ ޖަލްސާގައި ސަރުކާރުގެ ބައެއް މެމްބަރުން ވަނީ ޒަހާގެ އިސްތިއުފާއަށް ގޮވާލައްވާފަ އެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް