ads
ޖާންވީ ކަޕޫރު--
ޖާންވީއަށް ބޮޑު ރޯލެއް! ހުރިހާ ޝުކުރެއް ކަރަން ޖޯހަރަށް؟
ކަރަން ޖޯހަރުގެ ދަޅަކްއިން ބޮލީވުޑަށް ތައާރަފުވި ޖާންވީ ކަޕޫރުއަށް ވެސް ބޮލީވުޑުން އަންނަނީ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަމުން އޭނާ މިސްރާބު މިހާރު މިހުރީ ދެކުނު އިންޑިއާގެ ފިލްމުތަކުގައި ވެސް މަސައްކަތް ކުރާށެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ތެލޫގޫ ހިޓް ފިލްމު، އަރުޖުން ރެއްޑީގައި ވިދާލި ވިޖޭ ދެވާ ކޮންޑާއާއެކު ފިލްމު ކުޅެން ޖާންވީއަށް މިވަނީ ފުރުސަތު ލިބިފަ އެވެ. އެގޮތުން މި ފިލްމަކީ ޕްރޮޑިއުސަރު ޕޫރީ ޖަގަންނާދުގެ ކުރިއަށް އޮތް ފިލްމު ކަމަށް ވެއެވެ. މި ފިލްމާ ގުޅޭ ތަފްސީލު އަދި އާންމު ނުކުރެ އެވެ.

އެކަމަކު މި ފިލްމުގެ ބަތަލާގެ ރޯލަށް އެންމެ ފުރަތަމަ ނަގަން ހުށަހެޅީ އާލިއާ ބަޓް އާއި ކިއާރާ އަދުވާނީއަށް ކަމަށް ވެއެވެ. ނަމަވެސް އެ ތަރިން އެ ފިލްމު ކުޅެން އިންކާރު ކުރި ކަމަށް ވެސް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، މި ފިލްމަށް ޖާންވީ ނަގަން ހުށަހަޅާފައި ވަނީ ކަރަން ޖޯހަރެވެ. މިހެންކަމުން ބެލެވެނީ މި މަސައްކަތް ޖާންވީ ކުރާނެ ކަމަށެވެ.

އުމުރުން 22 އަހަރުގެ ޖާންވީ ބޮލީވުޑަށް ނެރެދީފައިވަނީ ވެސް ކަރަން ޖޯހަރެވެ. އޭނާގެ ފުރަތަމަ ފިލްމުގެ އެކްޓިންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ކަރަން ޖޯހަރު ހުރީ ޖާންވީގެ ފިލްމީ ކެރިއަރު އުޖާލާކޮށްދޭން ވެސް ތައްޔާރަށެވެ. ސަބަބަކީ ކަރަން ޖޯހަރަކީ އެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ފަރާތަކަށް ވުމެވެ.

ކަރަން ޖޯހަރުގެ ދަޅަކްއިން ބޮލީވުޑަށް ތައާރަފުވި ޖާންވީ ކަޕޫރުއަށް ވެސް ބޮލީވުޑުން އަންނަނީ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަމުން އޭނާ މިސްރާބު މިހާރު މިހުރީ ދެކުނު އިންޑިއާގެ ފިލްމުތަކުގައި ވެސް މަސައްކަތް ކުރާށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް