ads
މިއަދު ފުރި ބަންގްލަދޭޝް މީހުން--
ރިސޯޓުތަކުގައި މަސައްކަތް ކުރާ 190 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލައިފި
ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އައި 190 ބަންގްލަދޭޝް މީހަކު މިއަދު ގައުމަށް ފޮނުވާލާފައިވާ ކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު އަނބުރާ ބަންގްލަދޭޝްއަށް ޖުމްލަ 95 މީހަކު ގޮސްފައިވާއިރު އޭގެ ތެރެއިން 190 މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުން ކަމަށެވެ. އަދި ބާކީ ތިބި ފަސް މީހުންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި ފަސް މީހުން ކަމަށް ވެސް ވިދާޅުވި އެވެ. 

އިއްޔެ ވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 198 ބަންގްލަދޭޝް މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. 

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ހުރެ ވަނީ ރާއްޖެ ފަތުރުވެރިކަން ހުއްޓިފަ އެވެ. އަދި އެތަންތަނުގައި މަސައްކަތް ކުރަމުން އައި ބިދޭސީންގެ އިތުރުން ބައެއް ދިވެހިންގެ ވަޒީފާތައް ގެއްލިފައިވެ އެވެ.

އެ ބަލިމަޑުކަމާއެކު ސަރުކާރުން އަންނަނީ މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބަންގްލަދޭޝް މީހުންނަށް ހާއްސަ އިންތިޒާމުތަކެއް މާލެއިން ބޭރުގައި ހަމަޖައްސަމުންނެވެ. އަދި ބަންގްލަދޭޝް ސަރުކާރާއި ގުޅިގެން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުން އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްކަތްތަކެއް ކުރެވެމުން އަންނައިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ 1500 ބަންގްލަދޭޝް މީހަކު މިމަހުގެ ތެރޭގައި ގައުމަށް ފޮނުވާލެވޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް