ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ އިން ހިދުމަތް ކަނޑާލި ތިން ރަށަކަށް އަލުން ހިދުމަތް ދެނީ
މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމ،ްޑަބްލިއުއެސްސީ) އިން ހިދުމަތް ފޯރުކޮށް ދިނުން މެދުކަނޑާލި ތިން ރަށަކަށް އަލުން އެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19އާ ގުޅިގެން ރައްކާތެރިވުމަށް އަޅާ ފިޔަވަޅު ތެރެއިން ލޮކްޑައުން ކުރުމާ ގުޅިގެން އެކުންފުނިން ފޯރުކޮށްދެމުން ދިޔަ ބައެއް ހިދުމަތްތައް ގްރީޓާ މާލެ ސަރަހައްދާއި ބައެއް ރަށްތަކުން މެދު ކަނޑާލާފައިވާނެ ކަމަށެވެ.

ނަމަވެސް ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ލުއި ދިނުމަށް ނިންމާފައިވުމާއެކު ތިން ރަށެއްގައި މިއަދުން ފެށިގެން އެކުންފުނިން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް ކުރިއެކޭ އެއް ގޮތަށް ލިބޭނެކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ހިދުމަތް ފޯރުކޮށްދޭ ރަށްތަކަކީ ރ. ދުވާފަރު، ހދ. ކުޅުދުއްފުށީގެ އިތުރުން، ކ. މާފުއްޓެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނީ ގްރީޓާ މާލެ ސަރަހައްދުގައި އެކުންފުނިން ފޯރުކޮށްދޭ އާންމު ހިދުމަތްތައް ފެށުމަށް ނިންމުމާއެކު އެކަން އިއުލާންކުރާނެ ކަމަށެވެ. އަދި ހިދުމަތްތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 24 ގަޑިއިރު ހިލޭ ގުޅޭ ކަސްޓަމާ ކެއާ ހޮޓްލައިން ނަމްބަރު 105 ގުޅުމުން ލިބޭނެ ކަމަށް ވެސް ބުންޏެވެ. 

ކޮވިޑް-19 އާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް ބަލިމަޑުކަމާ ގުޅިގެން މާލެސިޓީގައި ފޯރުކޮށްދެމުން އަންނަ ފެނުގެ ސަބްސިޑީސް މެއި އަދި ޖޫން މަހު ވަނީ 30 ޕަސަންޓް ކަނޑާލަދީފަ އެވެ. އަދި މި ހާލަތުގައި ފެން ބިލު ނުދެއްކުނު ނަމަވެސް ފެން ކަނޑާނުލާނެކަމަށް އެކުންފުނިން އަންނަނީ ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް