ads
މާފުށީ ޖަލު-- ފޮޓޯ: ވީނިއުސް
ކަރެކްޝަން ސާވިސްގެ ބައެއް ހިދުމަތްތައް އޮންލައިނުކޮށް ދެނީ
ކޮވިޑަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބައެއް ހިދުމަތްތައް އޮންލައިނުކޮށް ދޭން ނިންމައިފި އެވެ.

ކަރެކްޝަން ސާވިސް ނެރުނު ބާޔާނުގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ފުރަބަންދު ކުރުމާއެކު ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކުށުގެ ރެކޯޑް ސާފުކުރުމުގެ އިތުރުން އާންމު ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ސިޓީތައް އޮންލައިނުކޮށް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެކަމަށް އެދެން ޖެހޭނީ ކަރެކްޝަންގެ intbQgconections.gov.mv މެއިލަށެވެ. އަދި ހުށަހަޅަން ޖެހޭ ބިލުތަކާއި، ކޯޓޭޝަންތަކާއި އެނޫންވެސް ލިޔުންތައް ފޮނުވުމަށް procurement@)corrections.gov.mv މެއިލް ކުރުމަށް އެދޭކަމަށް ކަރެކްޝަންސުން ބުނެ އެވެ. 

އަދި އެކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ 10:00 އިން 14:00 އެ ސާވިސްގެ ހޮޓްލައިން ނަމްބަރު 3312694 އަށް ގުޅައި މައުލޫމާތު ސާފުކުރެވޭނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެތަނުން ދޭ ހިދުމަތައް އޮންލައިނުކޮށް ދިނުމަށް ނިންމާފައިވާއިރު އެ ސާވިސްގެ ޖަލުތަކުގައި ވެސް ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކުރެވިފައިވެ އެވެ. އެގޮތުން ރެންޑޮމް ސާމްޕަލް ނެގުމާއި ޖަލުތައް ޑިސްއިންފެކްޓް ކުރުމުގެ އިތުރުން ޖަލު ބަލަހައްޓާ އޮފިސަރުން އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް