ads
ހަންގަނޑަށް ފައިދާ ހުރި ބައެއް މޭވާ
މޭވާ އާއި ތަރުކާރީ އަކީ ހަށިގަނޑަށް އެތަކައެއް ފައިދާތައް ފޯރުކޮށްދޭ މާއްދާތައް އެކުލެވޭ އެއްޗިއްސެވެ. ވިޓަމިން އަދި އެހެނިހެން ފައިދާހުރި މާއްދާތައް އެކުލެވޭ މޭވާ ޑައެޓުގައި ބޭނުން ކުރުމުން މީހާ ދުޅަހެޔޮ ކޮށްލާ މީހާގެ މޫނު މައްޗާއި ހަށިގަނޑު ތާޒާ ކޮށްލަ އެވެ.

ނެޗުރަލް މާސްކު ހަށިގަނޑަށް ފައިދާވާ ކަހަލަ މޭވާއިން ތައްޔާރު ކޮށްލެވިދާނެ އެވެ. އެގޮތުން ހަންގަނޑު ރީތި ކޮށްލާ، މޫނު މަތި އުޖާލާ ކޮށްލާ ކަހަލަ މޭވާތައް ވަރަށް ގިނަ އެވެ.

  • ފަޅޯ

your imageފަޅޯ

ފަޅޮލުގައި އެކުލެވޭ ބައެއް ފައިދާހުރި މާއްދާ ތަކުގެ ތެރޭގައި ވިޓަމިން އޭ، ވިޓަމިން ބީ އަދި ވިޓަމިން ސީ ހިމެނެ އެވެ. އަދި އޭގެ އިތުރުން، ކޮޕާ، ޕޮޓޭސިއަމް އަދި މެގްނީޒިއަމް އަކީ ވެސް ފަޅޮލުގައި ހިމެނޭ ފައިދާ ހުރި ބައެއް މާއްދާ ތަކެވެ. އެގޮތުން، މި މާއްދާތައް އެކުލެވޭ ފަޅޮލުން މީހާގެ ހަންގަނޑު ފަސޭހަ ކޮށްލާ، އިންފެކްޝަން ތަކުން ދުރު ކޮށްދެ އެވެ.

  • އޮރެންޖު

your imageއޮރެންޖު

އޮރެންޖުގައި ވިޓަމިން ސީ އާއި ސިޓްރިކް އެސިޑް ފަދަ މާއްދާތައް އެކުލެވޭއިރު، އޮރެންޖުން މީހާގެ ހަންގަނޑަށް ހީވެސް ނުކުރާ ކަހަލަ ފާއިދާތައް ލިބިގެންދެ އެވެ. އެގޮތުން، މޫނު ހަނގަޑު ރީތިކޮށްލާ، އުޖާލާ ކޮށްލާ، އިންފްލެމޭޝަން އިން ދުރު ކޮށްދެ އެވެ. އަދި އިރުގެ އަލިން ހަންގަނޑަށް ކުރާ ގެއްލުން ތަކުން ވެސް މި މޭވާ ގެ ސަބަބުން ދުރު ކޮށްދެ އެވެ.

  • އަނބު

your imageއަނބު

އަނބަކީ ވެސް ވަރަށް ބައިވަރު ފައިދާހުރި މާއްދާތައް އެކުލެވޭ މޭވާ އެކެވެ. އެގޮތުން، ވިޓަމިން އޭ، ވިޓަމިން އީ، ވިޓަމިން ސީ އަދި ވިޓަމިން ކޭ އެކުލެވެ އެވެ. އޭގެ އިތުރުން، ފްލެވަނޮއިޑް، ބޭޓާ-ކެރޮޓީން އަދި ޕޮލިފޮނޮލިކްސް އަކީ ވެސް މި މޭވާގައި އެކުލެވޭ ބައެއް މާއްދާ ތަކެވެ. މި ހުރިހާ މާއްދާތަކެއް ވެސް ސްކިން އިންފްލެމޭޝަން އިންނާއި އިރުގެ އަލިން ލިބޭ ގެއްލުން ތަކުން ދުރު ކޮށްދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް